ads
ޝާހް ޖަލުން ނުކުންނަނީ
ޝާހް ދަރިފުޅު ދެކިލަން ޖަލަށް ދިއުމުން ގިނަ ބަޔަކު އެތަނަށް އެެއްވެއްޖެ
ޑްރަގްގެ މައްސަަލައެއްގައި ބަންދުކޮށްފައިވާ އާރިޔަން ހާން ދެކިލުމަށް އޭނާގެ ބައްޕަ ޝާހްރުކް ހާން ޖަލަށް ދިއުމުން ގިނަ އަދަދެއްގެ ބަޔަކު އެތަނަށް ޖަމާ ވެއްޖެ އެވެ.
Advertisement

ބޮލީވުޑްގެ އެންމެ ބޮޑު ސުޕާ ސްޓާ ޝާހްރުކް ދަރި ދެކިލަން އާތާރޯޑް ޖަލަށް ދިއުމުން ގިނަ ބަޔަކު ވަނީ އެ ޖަލު ކައިރިއަށް އެއްވެފައެވެ.  

ގިނަ އަދަދެއްގެ ނޫސްވެރިން ކެމެރާ އާއެކީ ޝާހްރުކް ފަހަތުނަ އުޅުމުން ބައެއް ބޮލީވުޑް ތަރިން ވަނީ އެކަމަށް ފާޑުކިޔާފަ އެވެ.

 

އޭގެ ތެރޭގައި ސޯނޫ ސޫދު، ޕޫޖާ ބަޓް، ސްވާރާ ބާސްކަރް ހަންސަލް މެހެތާ ހިމެނޭ އެވެ. 

އެގޮތުން ސޯނޫ ސޫދު ބުނީ ކެމެރާތައް ހިފައިގެން މީހުންގެ  އިހުސާސްތައް ފަހައި ދުވާއިރު ހަދާން ކުރަން ޖެހޭ ކަންކަން ހުންނަ ކަމަށެވެ. އެެއީ ތިމާ ހެއްދެވި ކަލާންގެ އަބަދުވެސް ކަން ހިނގާ ގޮތް ބައްލަވަމުން ގެންދާ ކަމެވެ. 

ކޯޓުން ވަނީ މިމަހުގެ 20 ވަނަ ދުވަހު އޮތް އަޑުއެހުމުގައި ތިން ވަނަ ފަހަރަށް އާރިޔަން ކަފާލާތުގެ ދަށުން ދޫކުރަން ދެކޮޅު ހަދާފައެވެ. 

އާރިޔަން އަތުން މަސްތުވާތަކެއްޗެއް ފެނިފައިނުވާއިރު ފުލުހުން ކޯޓަށް ހުށަހަޅާފައި ވަނީ މަސްތުވާތަކެތީގެ ވިޔަފާރި ކުރާ މީހަކާއި އާރިޔަން އާއި ދެމެދު މުއާމަލާތް ކުރެވުނު ކަމަށް ބުނާ ވަޓްސްއެޕް ޗެޓްލޮގް ތަކެކެވެ. 

17%
ކަމުގޮސްފި
17%
އަޑުއެހިތާ މިހުރީ
67%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް