މިދިޔަ ޑިސެމްބަރު މަހުގެ ތެރޭގައި ޝޫޓްކުރި އެ ފިލްމަކީ ރޯނީ ސްކްރޫވާލާ ޕްރޮޑިއުސްކޮށް 2016 ގެ "ނީރްޖާ" ގެނެސްދިން ރާމް މަދުވާނީ ޑައިރެކްޓްކޮށްފައިވާ ފިލްމެކެވެ.
“ދަމާކާ" އަކީ 2013 ގެ ކޮރެއާ ފިލްމު "ދަ ޓެރާ ލައިވް" އަސްލަކަށް ބަލައިގެން ހަދާފައިވާ ފިލްމެކެވެ.
ފިލްމުގެ ޓްރެއިލާ އެއް ވެސް މިހާރު އާންމުކޮށްފައިވާ އިރު “ދަމާކާ” ގައި ދައްކުވައިދޭނީ ބްރިޖެއް ގޮއްވާލި ހާދިސާއެއް ކަވަރުކުރުމުގެ ތެރެއިން ޓީވީ ނޫސް ރިޕޯޓަރަކަށް ދިމާވާ ދަތިތަކާއި ކުރިމަތިލާން ޖެހޭ ކަންތައްތަކެވެ.
އެ ފިލްމުގައި ކާތިކް އާއެކު ދެން ފެންނާނީ މުރްނާލް ތާކުރް އެވެ. މީގެ އިތުރު ކާސްޓުންގެ ތެރޭގައި އަމްރުތާ ސުބާޝް، ވިކާސް ކުމާރު އަދި ވިޝްވަޖީތު ޕްރަދާން ހިމެނެ އެވެ.