ads
މޫސުން ގޯސް ދުވަހެއް
ވައިގަދަވެ ކަނޑުތައް ގަދަވާނެކަމަށް ލަފާކޮށްފި
ވައިގަދަދެ، ކަނޑުތައް ގަދަވާނެ ކަމަށް ލަފާކޮށް އުތުރުގެ އަތޮޅުތަކަށް މޫސުމާ ބެހޭ އިދާރާއިން ވައިޓް އެލާޓް ނެރެފި އެވެ.
Advertisement

މި އެލާޓަކީ ހއ. އަތޮޅުން ފެށިގެން ޅ. އަތޮޅާ ދެމެދުގެ ސަރަހައްދަށް ނެރެފައިވާ އިންޒާރެކެވެ.

މޫސުމާ ބެހޭ ގައުމީ އިދާރާއިން ބުނީ އެ ސަރަހައްދަށް ގަޑިއަކު 19 މޭލާއި 24 މޭލާ ދެމެދުގެ ބާރުމިނުގައި ވައި ޖެހި، ކަނޑުތައް ގަދަވާނެ ކަމަށް ލަފާކޮށް ރޭ ދަންވަރުން ފެށިގެން މި ސަމާލު ނެރެފައިވާ ކަމަށެވެ. އެހެންކަމުން އެ ސަރަހައްދުގައި ކަނޑުދަތުރު ކުރާ ފަރާތްތަކަށް މޫސުމަށް ސަމާލުވުމަށް އެ އިދާރާއިން އިލްތިމާސްކޮށްފައިވެ އެވެ.

ކުރިއަށް އޮތް 24 ގަޑިއިރުގެ ތެރޭގައި އުތުރުގެ ބައެއް ރަށްތަކަށް ކެރީގެ އަސަރު ފޯރައި، ގުގުރުން އެކަށީގެންވާ ކަމަށް އެ އިދާރާއިން ވަނީ އަންގައިފަ އެވެ. ނަމަވެސް ރާއްޖޭގެ އެހެން ހިސާބުތަކުގެ މޫސުން ރަނގަޅު ކަމަށް ލަފާކޮށްފައިވެ އެވެ. މިހާރު ރާއްޖެއަށް ހުޅަނގު މޫސުން ވަނީ ފެށިފައި ކަމާއި، މިހާރު މި ކުރަނީ އެ މޫސުމުގެ ވިއްސާރަ ކަމަށް މޫސުމާ ބެހޭ އިދާރާއިން މައުލޫމާތު ދިނެވެ.

100%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް