
މިއަދުގެ ހަވީރު 16:30 ގައި ދެ ޓީމު ކުޅެވޭ މެޗް ފެށުމަށް ވަގުތު ކައިރި ވަމުންދާއިރު ދެ ޓީމު ވެސް އޮތީ އެންމެ ފުރިހަަމަ އަށް މިއަދުގެ މެޗަށް ތައްޔާރުވެފައެވެ.
ސީއެންއެމް އިން ދެ ޓީމުގެ މެނޭޖަރުން އަދި ކޯޗުންނާއި ކުރެވުނު އިންޓަވިއުގައި ދެ ފަރާތުން ވެސް ދެއްކި ވާހަކައިން މިއަދުގެ މެޗުން ކާމިޔާބު ހޯދުމަށް މަސައްކަތް ކުރަން ޓީމްތައް ތައްޔާރުވެފައި އިތް ވަރު ސާބިތު ވެގެން ދިޔައެވެ.
ދެ މެޗަކުން ބަލި ނުވެ މުބާރާތުގެ ފައިނަލަށް ދިޔަ ސްޕިރިޓް ޓީމްގެ ކޯޗު ނިއުބެ ބުނީ، މިއަދުގެ ފައިނަލަށް މެޗަށް ކުޅުންތެރިންވެސް އަދި މުޅި ޓީމު ވެސްއޮތީ ވަރަށް ފުރިހަމަ އަށް ތައްޔާރުވެފައި ކަމަށެވެ. އަދި ސްޕިރިޓް އަކީ އަބަދުވެސް މޮޅު ކުޅުމެއް ދައްކާ ޓީމެއް ކަމަށާއި ފައިނަލްގައި ވާދަކުރަން ޖެހުމަކީ ވެސްމުޅި ޓީމަށް ލިބިގެންދިޔަ އުފަލަކާއި ހިތްހަމަޖެހުމެއް ކަމަށެވެ.
އޭގެ އިތުރުން ޓީމުގެ ހުރިހާ ކުދިންނަށް ވެސް މެޗު ތަކުގައި ކުޅުމަށް ފުރުސަތު ދެވިފައިވާ ވާނެ ކަމަށާއި ފަހުން ޒައިޒީ އާ އެކު ބައްދަލު ކުރި މެޗުގައި ޓީމުގެކެޕްޓަން ކަން ކުރީ އޯޓިޒަމް ކުއްޖެއް ކަން ނިއުބެ ފާހަގަ ކުރި އެވެ. އަދި އެކަމުން ވެސް ސްޕިރިޓް ބޭނުން ވަނީ ކޮންމެ ފަންތިއެއްގެ އަދި ބަލި ކުދިން ވެސް ބައިވެރިކޮށްގެން ކުރިއަށް ދިޔުމަށް ކަމަށް ނިއުބެ ބުންޏެވެ.
ޒައިޒީ އަދި ސްޕިރިޓް ބައްދަލުކުރި މެޗް…
އަދި ހަމަ އެއާއެކު މިކަހަލަ ބޮޑު ވާދަވެރި މުބާރާތަކަށް ރަށުން ބޭރު ކުޅުންތެރިން ގެނެސްގެން ކުޅެވޭތީ އުފާކުރާ ކަމަށާއި އެ ކުޅުންތެރިންގެ ފަރާތުން ވެސްގިނަ ކަން ކަން ދަސްވެގެން ދާކަން ނިއުބެ ފާހަގަ ކުރިއެވެ.
އެ ޓީމުގެ މެއިން ކެޕްޓަން ޝާނީ ބުނީ، މިއަދުގެ މެޗަށް ހުރިހާ ކުޅުންތެރިންވެސް ތިބީ އިންތިހާ އަށް ތައްޔާރު ވެގެން ކަމަށާއި ރަނގަޅު ކުޅުމެއް ދައްކާ މުބާރާތުގެ ފަހުރު ވެރި އެއްވަނަ ހޯދަން އަތުކުރި އޮޅައިލައިގެން ތިބި ކަމަށެވެ.
ޒައިޒީ ޓީމުން ވާހަކަ ދެއްކި ޓީމުގެ ކޯޗު ޖަބީން ބުނީ، ޒައިޒީ އަކީ އަބަދުވެސް ރަށުގައި ފާހަގަކޮށްލެވޭ ޓީމެއް ކަމަށާއި ޓީމުގެ މެދުގައި އޮންނަ ގާތް ގުޅުމާއި އެކުވެރިކަން އަބަދުވެސް ފާހަގަ ކުރާ ކަމަށެވެ. އަދި މިހާތަނަށް ވާދަ ކުރި މުބާރާތް ތަކުގައި ވެސް ޒައިޒީ އިން މޮޅު ކުޅުމެއް ދައްކާ ފަހުރު ވެރި ވަނަ ތަކެއްހޯދާފައިވާ ކަން ފާހަގަ ކޮށް ޖަބީން ބުނީ މިއަދު ކުޅެވޭ ފައިނަލް މެޗުގައި ވެސް ފަހުރު ވެރި އެއްވަނަ އަށް ޓާގެޓް ކޮށް ހުރިހާ ކުޅުންތެރިންވެސް މޮޅު ކުޅުމެއް ދައްކަން ތައްޔާރަށް ތިބި ކަމަށެވެ.
އޭގެ އިތުރުން މިވަގުތު ހުރިހާ ކުޅުންތެރިން ވެސް ވަރަށް ފިޓް ކަމަށާއި އިރާދަފުޅުން މިއަދުގެ މެޗުގެ ތަށި އުފުލާލަން ތައްޔާރަށް ތިބި ކަމަށް ޖަބީން ބުންޏެވެ.
ޓީމުގެ ކެޕްޓަން ނަދީމާ ބުނީ، ޒައިޒީ އަކީ ޓީމަކަށް ވުރެއް ބޮޑަށް އާއިލީ ގުޅުން ބޮޑު ޓީމެއްގެ ގޮތުގައި ފާހަގަކޮށްލެވޭ ކަމަށާއި ކުޅުންތެރިންގެ މައިންބަފައިންނަކީ ޓީމުގެ ހުރިހާ ކުޅުންތެރިން ވެސް މޮޅު ކުޅުމެއް ދައްކަން ލިބޭ އެންމެ ބޮޑު ހިތްވަރު ކަމަށެވެ.
ބަދަހި އަދި ޒައިޒީ ބައްދަލުކުރި މެޗެއްގެ ތެރެއިން. މި މެޗެގައި މޮޅުވީ ޒައިޒީ…
މަކުނުދޫ އަންހެނުންގެ ތަރައްގީ އަށް މަސައްކަތް ކުރާ ކޮމިޓީން އިންތިޒާމްކޮށް ޗެންޕިއަން ޓީމަށް ތައްޓާއި ތިން ހާސް ރުފިޔާގެ ފައިސާގެ އިނާމު ކަނޑައެޅިގެންޖ ކުޅެވެމުންދާ މި މުބާރާތުގެ ފައިނަލް މެޗަށް ދެ ޓީމުގެ ކުޅުންތެރިންވެސް މިވަނީ ނުހަނު ބޮޑަށް ތައްޔާރު ވެފައެވެ. ދެ ޓީމުގެ ކުޅުންތެރިންގެ ވެސް ޓާގެޓަކީ މޮޅު ކުޅުމެއް ދައްކައި ތަށި އުފުލާލަން ލިބުމެވެ.
މެޗަށް ވަގުތު ކުޑަތަން ވަމުންދާއިރު މަކުނުދޫގެ މި ދެ ޓީމު ތެރެއިން ޗެންޕިއަންކަން ހޯދާނީ ކޮން ޓީމަކުން ކަން ލަފާކުރަން ދޫކޮށްލާނީ ތިޔަ ސަޕޯޓަރުންނަށެވެ.