ފަހުން ވައިޓް ހައުސްގެ ތަރުޖަމާނެއް ވިދާޅުވީ ރައީސްގެ ވާހަކައިގައި އެވިދާޅުވަނީ ޓައިވާންގެ ކަންކަމާމެދު އެމެރިކާގެ ޕޮލިސީ ބަދަލުވި ވާހަކައެއް ނޫންކަމަށެވެ.
ޓައިވާންގެ ދިފާއު ޓައިވާނުން އަމިއްލަ އަށް ހޯދުމަށް އެމެރިކާގައި ގާނޫނެއް އެކުލަވާލެވިފައި ވެއެވެ.
ޖޯ ބައިޑެންގެ މިވާހަކަތަކަށް ޗައިނާއިން އަދި މިހާތަނަށް އެއްޗެއް ބުނެފައެއް ނުވެއެވެ.
ސީއެންއެންގެ ޓައުންހޯލް އިވެންޓެއްގައި ޗައިނާގެ ހައިޕަސޮނިކް މިސައިލް ޓެސްޓާބެހޭގޮތުން ބައިޑެން އާ ކުރެވުނު ސުވާލަކަށް ޖަވާބު ދެއްވަމުން، ވިދާޅުވީ އެމީހުން މިލިޓަރީ ގޮތުން ބާރުގަދަވެދާނެތީ ކަންބޮޑުވުނާކަމަށައި، ޗައިނާ އާއި ރަޝިޔާ އަދި ދުނިޔޭގެ އެހެން ގައުމުތަކަށްވެސް އެނގޭނެ ފަދައިން ދުނިޔޭގެ ތާރީހުގައި އެންމެ ބާރުގަދަ ގައުމަކީ އެމެރިކާ ކަމަށެވެ.
މިވާހަކަތަކާ ގުޅިގެން ޗައިނާއިން ޓައިވާނަށް ހަމަލާ ދީފިނަމަ އެމެރިކާގެ ދައުރަކީ ކޮބައިތޯ ކުރެވުނު ސުވާލަށް ބައިޑެން ވިދާޅުވީ ބަދަލުގައި އެމެރިކާއިން ހަމަލަދޭނެ ކަމަށެވެ.
ޓައިވާނާ އެކީ އެމެރިކާއިން ރަސްމީ ގުޅުންތަކެއް ނޯވެއެވެ. އެކަމަކު ޓައިވާނުން ޓައިވާނުގެ އަމިއްލަ ސަލާމަތަށް ބޭނުންވާ މިލިޓަރީ ހަތިޔާރު އެމެރިކާއިން ފޯރުކޮށްދެއެވެ. އެއީ ޓައިވާނާ އޮންނަގުޅުންތަކަ ބެހޭ ގޮތުން ހަދާފައިވާ ގާނޫނޫގެ ދަށުންނެވެ. އޭގައި ބުނާގޮތުން އެމެރިކާއިން ޓައިވާނުގެ ދިފާއަށް ހަތިޔާރު ފޯރުކޮށްދޭން ޖެހެއެވެ.
ޓައިވާނުގެ ރައީސް އޮފީހުން މިކަމާގުޅިގެން ބުނެފައިވަނި އެގައުމުގެ ދިފާއަށް އެގައުމުން މަސައްކަތް ކުރާނެ ކަމަށެވެ. އަދި ހަމައެއާއެކު އެމެރިކާއިން އެގައުމަށް ކުރާތާއީދު ފާހަގަކުރެއެވެ.
ބައިޑެންގެ މިވާހަކަތަކަށް ޗައިނާއިން މިހާތަނަށް އެއްވެސް އެއްޗެއް ބުނެފައި ނުވިނަމަޥެސް މިދިއަ ބުރާސްފަތި ދުވަހު ޗައިނާއިން އދ އަށް ކަނޑައަޅާފައިހުންނަވާ އެމްބެސެޑަރު ޒަންޖުން ވަނީ އެމެރިކާ އިން ޓައިވާން މައްސަލާގައި ގެންގުޅޭ ސިޔާސަތަު ވަރަށް ބޮޑަށް ކުށްވެރި ކުރައްވާފައެވެ. އޭނާ ވިދާޅުވީ ޓައިވާނުގެ މައްސަލަ އެމެރިކާއިން ގެންދަންއެއުޅެނީ ނުރައްކާތެރި ދިމާލަކަށް ކަމަށެވެ.
ޗައިނާއާއި ޓައިވާނާދެމެދު ނުތަނަވަސްކަން އުފެދިފައިވަނީ ފާއިތުވި ހަފްތާތަކުގައި ޗައިނާގެ ވެރިރަށް ބެއިޖިން އިން ޓައިވާނުގެ ވައިގެ ސަލާމަތީ ސަރަހައްދުތަކަށް ހަނގުރާމަމަތީ މަތިންދާބޯޓު ތަކެއް އުދުއްސާލުމާ ގުޅިގެންނެވެ.