
ސޯޝަލް މީޑިއާގައި ޖެނިފާގެ ކޮޓަރި ސައުންޑް ޕްރޫފް ކުރުމަށް މޯލްޑިވިއަނުން ހަރަދު ކޮށްފައިވާ ކަމަށް ދަނީ ވާހަކަ ދެކެވެމުންނެވެ.
އެކަމާއި ގުޅޭ ގޮތުން އައިލެންޑް އޭވިއޭޝަންގެ ޕަބްލިކް ރިލޭޝަން (ޕީއާރް) އަދި ކޮމިއުނިކޭޝަން މެނޭޖަރު މޫސާ ވަސީމް ވިދާޅުވީ، އެކޮޓަރި ސައުންޑް ޕްރޫފް ކުރަން ހަރަދު ނުކުރާ ކަމަށާއި އެއީ ސައުންޑް ޕްރޫފް ކޮށްފައިވާ ކޮޓަރިއެއްވެސް ނޫންކަމަށެވެ.
މޯލްޑިވިއަންގެ ކުރީގެ މައި އިމާރާތް ކަމުގައިވާ ރާވެރިޔާ އިމާރާތް ބާވެގެން މުވައްޒަފުން އެކި ތަންތަނަށް ވަނީ ބަދަލު ކޮށްފައެވެ.
ރާވެރިޔާ އިމާރާތަކީ އައިލެންޑް އޭވިއޭޝަން ޕްރައިވެޓް ލިމިޓެޑުގެ މެނޭޖިން ޑިރެކްޓަރު އުޅުއްވާ އިމާރާތެވެ. އޭނާގެ އިތުރުން އިތުރު ބައެއް މުވައްޒަފުން ވެސް އެ އިމާރާތުގައި އުޅުއްވަ އެވެ.
މޫސާ ވިދާޅުވީ އެކި ތަންތަނަށް މުވައްޒަފުން ބަދަލު ކުރުމުގެ ތެރޭގައި އެމްޑީ ކުރިން ޑީއެމްޑީ ހުންނެވި ކޮޓަރިއަށް ބަދަލު ކޮށްފައިވާކަމަށެވެ. އަދި ކުރިން އެކި ތަންތަނުގައި ތިބި މުވައްޒަފުން އެއްތަނުން އަނެއްތަނަށް ބަދަލު ކޮށްފައި ވާކަމަށްވެސް އޭނާ ވިދާޅުވިއެވެ.
މޫސާ ވަނީ އެކޮޓަރި ސައުންޑް ޕްރޫފް ކުރުމަށް 25،000 ރުފިޔާ މޯލްޑިވިއަނުން ހަރަދު ކުރި ވާހަކަވެސް ދޮގުކޮށްފައެެވެ.