ads
އެސްޖޭގެ މުވައްޒަފުންތަކެއް
އެސްޖޭ ކުންފުނިން ދައުލަތާ ދެކޮޅަށް ސުޕްރީމް ކޯޓަށް
ޑިފެންސް މިނިސްޓްރީގެ އާ އިމާރާތާ ގުޅިގެން އެސްޖޭ ކޮންސްޓްރަކްޝަނުން ހުށަހެޅި ބީލަން ބާތިލުކޮށްފައިވަނީ ގާނޫނާ ހިލާފަށްކަމަށް ބުނެ ހުށަހަޅާފައިވާ މައްސަލާގައި، އެސްޖޭ ކޮންސްޓްރަކްޝަނުން އެންމެ ފަހުން ދައުލަތާ ދެކޮޅަށް ސުޕްރީމް ކޯޓަށް މައްސަލަ ހުށަހަޅައިފި އެވެ.
Advertisement

މިއީ، 2020 ވަނަ އަހަރު، ޑިފެންސް މިނިސްޓްރީގެ އާ އިމާރާތާ ގުޅިގެން އެސްޖޭ ކޮންސްޓްރަކްޝަނުން ހުށަހެޅި ބީލަން ބާތިލުކޮށްފައިވަނީ ގާނޫނާ ހިލާފަށްކަމަށް ބުނެ އެ ކުންފުނިން ސިވިލް ކޯޓަށް ހުށަހެޅި މައްސަލަ އެވެ.

ޑިފެންސް މިނިސްޓްރީގެ އާ އިމާރާތުގެ މަޝްރޫއުއަށް އެސްޖޭއިން ހުށަހެޅި ބީލަން ބާތިލުކުރުމާ ގުޅިގެން، އެ ކުންފުނިން ސިވިލް ކޯޓަށް ހުށަހެޅި މައްސަލާގައި ބުނެފައިވަނީ، ބީލަން ބާތިލުކޮށްފައިވަނީ، ބިޑް ޑޮކިއުމަންޓްގައި ނެތް އަދި ބީލަންތައް ހުޅުވުނު ތާރީހަށްފަހު ފާސްކޮށްފައިވާ އުސޫލަކަށް ރިއާއަތްކޮށް ކަމަށެވެ. އެކަމަކު އެ މައްސަލައިގައި ސިވިލް ކޯޓުން 2021 ވަނަ އަހަރު އިއްވި ހުކުމުގައި ވަނީ މި ދައުވާގައި ބިޑް އެވޯޑުކުރުމުގެ މަރުހަލާގައި އުފެދިފައިވާ ކަމަކަށް ހައްލު ހޯދަން އެދިފައި ނުވުމުގެ އިތުރުން، ޝަރީއަތަށް އައުމުގެ ކުރިން މަރުހަލާތަކެއް ފުރިހަމަކުރަންޖެހޭ އިރު، އެ މަރުހަލާތަކުގައި ބިޑު އެވޯޑުކުރުމާ ގުޅޭގޮތުން ހިލާފެއް އޮވެގެން ކަމެއް ހުށަހަޅާފައި ނެތް ކަމަށެވެ.

ސިވިލް ކޯޓުން އެސްޖޭއަށް މައްސަލަ ކާމިޔާބު ނުވުމުން، އެ މައްސަލަ ފުރަތަމަ ހުށަހެޅީ ހައިކޯޓަށެވެ. އެކަމަކު ހައިކޯޓުން މިދިޔަ އަހަރުގެ އޮކްޓޫބަރު މަހު ނިންނީ ސިވިލް ކޯޓުގެ ހުކުމަށް ތާއީދުކޮށެވެ.

އޭގެ ފަހުން އެސްޖޭއިން މިހާރުވަނީ އެ މައްސަލަ ސުޕްރީމް ކޯޓަށް ހުށަހަޅާފައެވެ. ސުޕްރީމް ކޯޓުގެ ރަޖިސްޓްރީން ދައްކާ ގޮތުން އެ މައްސަލަ ސުޕްރީމް ކޯޓަށް ހުށަހަޅާފައިވަނީ މިދިޔަ ހަފްތާގައެވެ. އެމައްސަލަ ބަލައިގަތުމާމެދު ސުޕްރީމް ކޯޓުން އަދި ގޮތެއް ނުނިންމައެވެ.

ޑިފެންސް މިނިސްޓްރީގެ އާ އިމާރާތް އެޅުމަށް ޝައުގުވެރިވާ ފަރާތެއް ހޯދުމަށް ފިނޭންސް މިނިސްޓްރީ އިން ބިޑަށް ހުޅުވާލީ 19 ނޮވެމްބަރު 2019ގަ އެވެ. އެސްޖޭ ކޮންސްޓްރަކްޝަން އިން އެކަން ކުރަން ބިޑް ހުށަހެޅީ، 27 ޖެނުއަރީ 2020ގަ އެވެ. ނަމަވެސް، ބިޑް ހުށަހެޅުމުގެ ތާރީހު ފަސްވި ފަހުން އުފެއްދި "ނޭޝަނަލް ޓެންޑާ ބޯޑު މެދުވެރިކޮށް އިމާރާތްކުރުމުގެ މަސައްކަތްތައް އެވޯޑުކުރުމުގައި އަމަލުކުރާނެ ގޮތުގެ އުސޫލު"ގެ ދަށުން އެސްޖޭގެ ބިޑް ޑިސްކޮލިފައި ކުރި އެވެ.

އެ އުސޫލުގައި ވަނީ އެސްޖޭ ހިމެނޭ ރޭންކުގެ ކުންފުންޏަކަށް އެންމެ ގިނަވެގެން ދެވޭނީ 300 މިލިއަން ރުފިޔާގެ މަސައްކަތް ނުވަތަ ގިނަވެގެން އަށް މަޝްރޫއު ކަމަށެވެ. އެ ޝަރުތު އެ އެސްޖޭގެ ހަމަ ނުވާ ކަމަށް ބުނެ ޑިފެންސުގެ އިމާރާތް ހަދަން އެ ކުންފުނި ޑިސްކޮލިފައި ކުރީ އެވެ.

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް