ads
ސިއްސުވާލި ޓީމުގެ މެނޭޖަރު ޓްރޮފީ ހިފައިގެން
ކެލާ އަންހެން ވޮލީ ތަށި މޫސަގެ ‘ސިއްސުވާލި’ ޓީމަށް
ހއ. ކެލާގައި ކުރިއަށްދިޔަ އެންޒެޑް އެމާ ކެލާ އިންވިޓޭޝަނަލް އަންހެން ވޮލީ މުބާރާތުގެ ޗެމްޕިއަންކަން "ސިއްސުވާލި" ހޯދައިފިއެވެ.

ހއ. ކެލާގައި ކުރިއަށްދިޔަ އެންޒެޑް އެމާ ކެލާ އިންވިޓޭޝަނަލް އަންހެން ވޮލީ މުބާރާތުގެ ޗެމްޕިއަންކަން "ސިއްސުވާލި" ހޯދީ ފައިނަލް މެޗުގައި ކެލަވަކި ޓީމާ ވާދަކޮށް ސީދާ ތިން ސެޓުންނެވެ.

ޖުމްލަ ފަސް ޓީމު ވާދަކުރި މި މުބާރާތުގެ ލީގު ބުރުގައި ސިއްސުވާލި އަދި ކެލަވަތި ވާދަކުރި މެޗުވެސް ކާމިޔާބުކޮށްފައިވަނީ ސިއްސުވާލި ޓީމެވެ. މުބާރާތުގައި ވާދަކުރި ފަސް ޓީމުގެ ތެރޭގައި ހިމެނެނީ ކެލައަށް ނިސްބަތްވާ ހަތަރު ޓީމާ ވަށަފަރު ޓީމެކެވެ.

މުބާރާތުގެ އެންމެ މޮޅު ކުޅުންތެރިޔަކަށް ހޮވުނީ، ސިއްސުވާލި ޓީމުގެ ޖޯޒީ ނަންބަރު ހައެއް ފާތިމަތު ތޮހޫރާއެވެ. މުބާރާތުގެ ފައިނަލް މެޗުގެ އެންމެ މޮޅު ކުޅުންތެރިޔަކަށް ހޮވުނީވެސް ހއ. އިހަވަންދޫއަށް ނިސްބަތްވާ ތޮހޫރާއެވެ.

މުބާރާތުގެ އެންމެ މޮޅު ހަ ކުޅުންތެރިންނަށް ހޮވުނީ، ފައިނަލް މެޗުގެ މޮޅު ކުޅުންތެރިޔަކަށް ހޮވުނު  ތޮހޫރާގެ އިތުރުން ސިއްސުވާލި ޓީމުގެ ޚަދީޖާ މައުރިފާ، ސާނިޔާ ގާސިމް، އަދި ކެލަވަކި ޓީމުގެ ޝަހުމީލާ އަބްދުލް ހަކީމާ، ފާތިމަތު ޝަރުމީލާ އަދި މުޅިފޯ ޓީމުގެ އައިޝަތު އިބާދާއެވެ. މުބާރާތުގެ އެންމެ މޮޅު ކޯޗަކަށް ހޮވުނީ ޝަމީން ސައީދުއެވެ.

your imageމުބާރާތުގެ މޮޅުކުޅުންތެރިޔާ 

މި މުބާރާތަކީ ކެލާ އެމާ 2 އަދި އެންޒެޑުގެ ފަރާތުން އިންތިޒާމްކުރި މުބާރާތެކެވެ.

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް