
މިއަދު ހަވީރު ފައިނަލްގައި ސްޕިރިޓް އާ ވާދަކޮށް ޒައިޒީ ކާމިޔާބު ހޯދީ އެއް ގޯލުގެ ތަފާތަކުން ކުރި ހޯދައިގެންނެވެ.
މެޗުގެ ފުރަތަމަ ހާފްގައި ސްޕިރިޓް އިން ލީޑު ނެގީ ތިން ލަނޑުގެ ފަރަގަކުންނެވެ. ނަމަވެސް މެޗްގެ ފަހު ހާފްގައި ކުޅުން ބަދަލުކޮށް ޒައިޒީ އިން ވަނީ ލީޑު ފުޅާކޮށްފަ އެވެ.
މެޗްގެ ސާޅިސް މިނިޓް ނިމިގެން ދިޔަ އިރު ދެ ޓީމް ވެސް އޮތީ ހަ ގޯލުން އެއް ވަރު ވެފައެވެ. އިތުރު މިނިޓްގެ ފަސް މިނިޓްގެ ދެ ހާފް ނިމިގެން ދިޔަ އިރު ޒައިޒީ8 ގޯލު ކާމިޔާބު ކުރި އިރު ސްޕިރިޓް އަށް ޖެހުނީ 7 ގޯލެވެ
މިއަދު ކުޅުނު މެޗުގައި ޒައިޒީ ޗެންޕިއަންކަން ހޯދާ ޒައިޒީ ވަނީ މުބާރާތުގައި މޮޅުވާ ޓީމަށް ކަނޑަ އަޅާފައިވާ ތިން ހާސް ރުފިޔާގެ ފައިސާގެ އިނާމާއި ޓްރޮފީ ހޯދާފައެވެ
ސްޕިރިޓް ރަނަރަފް އަށް ދިޔަ އިރު މި މުބާރާތުގެ ފެއާ ޕްލޭ ޓީމަކަށް ހޮވުނީ މާމުޑާ އެވެ.މުޅި މުބާރާތުން ހޮވާލެވުނު އެންމެ މޮޅު ހަތް ކުޅުންތެރިއެއް ފާހަގަކޮށްއަގުވަޒަން ކުރި އިރު މިއަދުގެ ފައިނަލް މެޗުގެ އެންމެ މޮޅު ކުޅުން ތެރި އަކަށް ހޮވުނީ ސްޕިރިޓްގެ އައިމިނަަތު ސަމްރާ އެވެ.