ads
މިރޭ ކުޅުދުއްފުށީގައި ބާއްވާ ހާއްސަ މިއުޒިކް ޝޯގައި ލަވަ ކިޔާ ލަވަކިޔުންތެރިން…
ޒުވާނުންގެ ދުވަހާއި ގުޅިގެން އެންސީއޭ ބޭންޑުގެ ފޯރިގަދަ ޝޯއެއް މިރޭ ކުޅުދުއްފުށީގައި!
ހދ.ކުޅުދުއްފުށިން: މި އަހަރުގެ ޒުވާނުންގެ ދުވަސް ކުލަގަދަކޮށް ކުޅުދުއްފުށި ސިޓީގައި ފާހަގަ ކުރަމުންދާއިރު ރާއްޖޭގައި ފާހަގަކޮށްލެވޭ މިއުޒިކީ ފަންނާނުން ޕާފޯމް ކުރާ މިއުޒިކް ޝޯ އެއް މިރޭ ބާއްވަން ތާވަލްކޮށްފިއެވެ.

“ޒުވާނުންގެ މިއުޒިކީ އީދު” ގެ ނަމުގައި ކުރިއަށް ގެންދަން ނިންމާފައިވާ އެ ޝޯ ފެށޭނީ މިރޭ ގަޑިން 21:30 ގައެވެ. ޝޯ އޮންނާނީ ކުޅުދުއްފުށީ ޔޫތު ސްޓޭޖްގައެވެ.

އެ ޝޯގައި ގިނަ ބަޔެެއްގެ ލޯބި ހޯދާފައިވާ މަޝްހޫރު ލަވަ ކިއުންތެރިންގެ ހުށަހެޅުންތަކެއް ފެނިގެންދާނެއެވެ. އެގޮތުން އެ ޝޯގައި މުހައްމަދު އަބްދުލް ޣަނީ(ތޭރަ) އާއި އިބްރާހިމް ޒައިދު އަލީ (ކުޑަ އިއްބެ) އަދި ޝަލަބީ އިބުރާހިމްގެ އިތުރުން މަރިޔަމް މައީޝާ(ރާޅު މަރިޔަނބު) އަދި މޫނިސާގެ ލަވަ ހުށަހަޅައިދޭނެއެވެ.

މިރޭގެ ޝޯ ކުރިއަށްދާ އިރު އެ ސަރަހައްދުގައި ކައިޓް ސާފިންގް ލައިޓް ޝޯ ވެސް ކުރިއަށް ގެންދިއުމަށް ކުޅުދުއްފުށީ ސިޓީ ކައުންސިލުން އަންނަނީ ރާވަމުންނެވެ. 

ޒުވާނުންގެ ދުވަހުގެ ރަސްމީ ޖަލްސާ މިރޭ 20:30 ގައި ހދ. އަތޮޅު ތައުލީމީ މަރުކަޒުގައި ބޭއްވުމަށް ނިންމާފައިވާއިރު އެ ޖަލްސާގައި ރާއްޖޭގެ ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ސޯލިހު އަދި ޔޫތު މިނިސްޓަރު އަހުމަދު މަހުލޫފު ބައިވެރިވެވަޑައިގަންނަވާނެއެވެ. 

100%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް