ads
ޗައިނާ ސްކޫލެއްގައި ދަރިވަރުންތަކެއް ކިޔަވަނީ
ޗައިނާ ދަރިވަރުން ހޯމްވޯކް ހެދުމުގެ އުނދަގުލުން ސަލާމަތްކޮށްދެނީ
ޗައިނާ ސްކޫލްތަކުން ގޭގައި ހަދަން ހަވާލުކުރާ މަސައްކަތް ތަކުގެ ޕްރެޝަރު ދަރިވަރުންނަށް ކުޑަކުރުމަށްޓަކައި އެގައުމުން ގާނޫނެއް ފާސް ކޮށްފިއެވެ.

ޗައިނާގެ ބެލެނިވެރިންނަށް އިރުޝާދު ދީފައިވަނީ ގޭގައި އެކުދިން އަރާމުކުރުމަށް ހޭދަކުރާ ވަގުތާއި ކަސްރަތުކުރުމަށް ހޭދަކުރުމަށް ހޭދަކުރާ ވަގުތު ބެލުމަށެވެ. އަދި އޮންލައިން ގައި ގިނަ ވަގުތު ކުދީން ނުބޭތިއްބުމަށްވެސް އިރުޝާދު ދީފައިވެއެވެ. 

އޮގަސްޓް މަހުގެ ތެރޭ ޗައިނާއިންވަނީ ހަ އަހަރާއި ހަތް އަހަރުގެ ދަރިވަރުންނަށް ލިޔެގެންދޭ ޓެސްޓުތައް ދިނުން މަނާ ކޮށްފައެވެ. 

ޗައިނާގެ އޮފިޝަލުން އޭރު އިންޒާރުދީފައިވަނީ އެގޮތަށްޓެސްޓު ދިނުމުން ދަރިވަރުންގެ ޖިސްމާނީ އަދި ނަފްސާނީ ދުޅަހެޔޮކަމަށް އަސަރު ކުރާ ކަމަށެވެ. 

ވޭތުވެދިޔަ އަހަރު ދަރިވަރުން އިންޓަނެޓާ ދުރުކޮށް އެގައުމުގެ ސަގާފީ ކަންކަމަށް އަހުލުވެރި ކުރުވުމަށްވެސް ގިނަމަސައްކަތްތަކެއް އެގައުމުން ކޮށްފައި ވެއެވެ. 

ދަރިވަރުންގެ ހޯމްވޯކްއާ ބެހޭ ގާނޫނު ފާސް ކޮށްފައިވަނީ މިދިޔަ ހޮނިހިރު ދުވަހު އެގައުމުގެ ގާނޫނުހަދާ މަޖިލީހުންނެވެ. 

އެގާނޫނުގެ ފުރިހަމަ ތަފްސީލެއް އަދި ހާމަކޮށްފައެއް ނުވެއެވެ. އެހެއންނަމަވެސް އޭގައިވާ މުހިއްމު ބައިތަކުގެ ތެރޭގައި ކުދިންގެ ވިސްނުންތަރައްގީ ކުރުމާއި އިޖްތިމާއީ އާދަކާދަތައް ކުރިއެރުވުމާއި، ހިތްހަމަޖެހިގެން އުޅޭކަމުގެ ޔަގީންކަން ބެލެނިވެރިން ކަށަވަރު ކުރުމަށް ބާރުއަޅާފައިވެއެވެ.

މިކަމުގައި ދަރިވަރުންގެ އިތުރު ހަރަކާތްތަކުގައި ޒިންމާތައް ނަގާނީ ލޯކަލް ސަރުކާރުންނެވެ. 

މި ގާނޫނަށް ސޯޝަލް މީޑިއާގައި ކިޔާފައިވާ ފާޑުތަކަށް ބަލާއިރު އެއްބަޔަކު ބުނެފައިވަނީ އެގަވައިދަކީ ދަރިން ތަރުބިއްޔަތު ކުރުމަށްޓަކައި ވަރަށް ރަނގަޅު ގާނޫނެއްކަމަށެވެ. އެކަމަކު އަނެއްބަޔަކު ވަނީ އެގާނޫނު ތަންފީޒު ކުރަނީ ލޯކަލް ސަރުކާރުންތޯ ނުވަތަ އަމިއްލައަށްތޯ ސުވާލު އުފައްދާފަ އެވެ. 

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް