ads
ގާސިމް ޕްރީ ސްކޫލް
ހުޅުމާލޭގައި ހިންގާ ފުރަތަމަ ޕްރީ ސްކޫލް ހުޅުވައިފި
ހުޅުމާލޭގައި ސަރުކާރުން ހިންގާ ފުރަތަމަ ޕްރީ ސްކޫލު، "މުހައްމަދު ގާސިމް ޕްރީ ސްކޫލް" މިއަދު ހުޅުވައިފިއެވެ.

މުހައްމަދު ގާސިމް ޕްރީ ސްކޫލް މިއަދު ރަސްމީކޮށް ހުޅުއްވައިދެއްވީ ނައިބު ރައީސް ފައިސަލް ނަސީމެވެ. މި ރަސްމިއްޔާތުގައި އެޑިއުކޭޝަން މިނިސްޓަރު ޑރ. އައިޝަތު އަލީ، އެޗްޑީސީގެ އެމްޑީ އަހްމަދު ސުހައިލު އަދި ސްކޫލުގެ އިސްވެރިންނާއި މުވައްޒަފުންނާއި ބެލެނިވެރިން ވެސް ބައިވެރިވެފައިވެ އެވެ.

ކުރީގެ ރައީސް އަބްދުﷲ ޔާމީންގެ ވެރިކަމުގައި މުހައްމަދު ގާސިމް ޕްރީ ސްކޫލް ބޭނުންކުރީ ޕީޕީއެމްގެ ކެމްޕޭން ޖަގަހައެއްގެ ގޮތުގަ އެވެ.

ގާސިމް މުހައްމަދުގެ ހަނދާނުގައި ހަދާފައިވާ މި ޕްރީ ސްކޫލަކީ ހުޅުމާލޭގެ އޯޓިޒަމް ސެންޓަރު ކައިރީގައި ހަދާފައިވާ 10 ކްލާސްރޫމުގެ 750 ކުދިންގެ ޖާގައިގެ ސްކޫލެކެވެ.

މި ސްކޫލްގައި އެލްކޭޖީ އާއި ޔޫކޭޖީ އަށް ކިޔަވައިދޭން 20 ޓީޗަރުން މަސައްކަތް ކުރާނެ އެވެ.

އެޑިއުކޭޝަން މިނިސްޓްރީން މިހާރު ވަނީ ސްކޫލަށް ވަންނަން ބޭނުންވާ ދަރިވަރުންނަށް އެ ފުރުސަތު ހުޅުވާލައި، ފޯމް ފުރުމަށް އަންގާފައެވެ.

މި ޕްރީ ސްކޫލު ހިންގަން އެޗްޑީސީން އެޑިޔުކޭޝަން މިނިސްޓްރީއާ ހަވާލުކުރީ ޖެނުއަރީ 17، 2019 ގައެވެ.

އެ ސްކޫލު ހިންގައިދޭނެ ބަޔަކު ހޯދަން ހަތަރު ފަހަރެއްގެ މަތިން އިއުލާންކޮށްފައި ވީނަމަވެސް ކޮވިޑް-19ގެ ހާލަތު ގޯސްވުމާ ގުޅިގެން މިދިޔަ ދުވަސް ތަކުގައި އެތަން ބޭނުން ކުރަމުން އައީ ފްލޫ ކްލިނިކެއް ގޮތުގަ އެވެ.

މިހާރު ސަރުކާރުން ނިންމާފައިވަނީ އެ ސްކޫލް ސަރުކާރުން ހިންގާ ގޮތަށެވެ. 

މިސްކޫލަކީ އެރަށުގައި ސަރުކާރުން ހިންގާ އެންމެ ފުރަތަމަ ޕްރީ ސްކޫލެވެ.

ހުޅުމާލޭގެ ޕްރީ ސްކޫލު ހިންގަން އެންމެ ފަހުން ކުރި އިއުލާނާ ގުޅިގެން ހަތަރު ފަރާތަކުން ޝައުގުވެރިކަން ފާޅުކުރި އެވެ. އެއީ ކޮލިޓޭޓް އެޑިއުކޭޝަނާއި، އައިލެންޑާސް އެޑިއުކޭޝަނާއި އިރުސިޔާދު އިންޓަނޭޝަނަލްގެ އިތުރުން އިލްމު އެޑިއުކޭޝަނެވެ. ނަމަވެސް ސަރުކާރުން މިހާރު ވަނީ އެތަން ސަރުކާރުން އަމިއްލަ އަށް ހިންގަން ނިންމާފަ އެވެ.

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
100%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް