ads
ދަރުބާރުގެ
ދަރުބާރުގެ ތަޅާލައި، އާ އިމާރަތެއް އަޅަނީ
މިހާރު ހުރި ދަރުބާރުގެ ތަޅާލައި އައު އިމާރާތެއް އަޅަން ނިންމައިފިއެވެ.
Advertisement

މިކަމާއި ގުޅޭގޮތުން ޕްލޭނިންގ މިނިސްޓްރީން ހާމަކޮށްފައިވާ ގޮތުގައި، ދަރުބާރުގެ ތަޅާލައި އައު އިމާރާތެއްގެ ޕެލޭން މިހާރު ދަނީ ހަދަމުންނެވެ. 

ދަރުބާރުގެއަކީ 1990 ވަނަ އަހަރު ބިނާ ކުރި އިމާރާތެކެވެ. އެއީ އެ އަހަރު ރާއްޖޭގައި ބޭއްވި ސާކް ސަމިޓަށް ތައްޔާރު ކުރި ތަނެކެވެ. ނަމަވެސް މިހާރު އެތަނުގައި ވަނީ ދަބަރު ޖަހައި ސީލިންގު ނެއްޓި ވަރަށް ބޮޑަށް ހަލާކުވެފަ އެވެ.

މާލޭގެ ދަރުބާރުގެއަކީ އެއް ދުވަސްވަރެއްގައި ރާއްޖޭގައި ހުރި އެންމެ ރީތި އެންމެ ފުރިހަމަ ބިނާ އެވެ. ދަރުބާރުގެއަކީ 1990 ވަނަ އަހަރު ރާއްޖޭގައި ބޭއްވި ސާކް ސަމިޓަށް ބިނާ ކުރި ތަނެކެވެ.

 ނަމަވެސް ދަރުބާރުގެ ފަހުން ހުރީ އެ އަހަރު ބިނާ ކުރެވުނު ގޮތަކަށް ނޫނެވެ. ސާކު ސަމިޓަށްޓަކައި ދަރުބާރުގެ އޭރު ބިނާ ކުރީ މިހާރު އެ ފެންނަން ހުރި މިންވަރަށް ވުރެ މާ ކުޑަ ކޮށެވެ. ސާކު ސަމިޓް ބޭއްވިއިރު ދަރުބާރުގޭގައި ހުރީ ސަމިޓަށް ހާއްސަ މާލަމާއި ފަރިއްކޮޅަށް ހާއްސަ މާލަމަކާއި އިއްޒަތްތެރިންނަށް މަރުހަބާ ކިޔަން ހާއްސަ މާލަމެވެ. ސާކް ސަމިޓަށް ފަހު ދަރުބާރުގެއަކީ ރާއްޖެއަށް ވަރަށް މުހިންމު އަދި ބޭނުންތެރި ތަނަކަށް ވެގެން އެތައް ފަހަރެއްގެ މަތިން ދަރުބާރުގެ ވަނީ ބޮޑުކޮށްފަ އެވެ. އަދި ފުރަތަމަ ދުވަހުން ފެށިގެން ހުއްޓާ ނުލާ ދަރުބާރުގެ ދަނީ ބިޒީކޮށް ބޭނުން ކުރަމުންނެވެ.

ދަރުބާރުގެއަކީ ދިވެހި ރައްޔިތުންގެ ސައްތައިން ސައްތަ ހަރަދުގައި ބިނާކުރި އިމާރާތެކެވެ. ދެ ފަހަރު ތިން ފަހަރު މަތިން އެ އިމާރާތް ބޮޑުކޮށް ޒީނަތްތެރި ކުރީ ދިވެހި ރައްޔިތުންގެ ފައިސާއިންނެވެ. ބޭރުގެ އެއްވެސް އެހީއެއް ނެތިއެވެ. އެއީވެސް ދަރުބާރުގެ ހާއްސަވާ ސަބަބެކެވެ.

ދަރުބާރުގެ ބިނާކުރި ފަހުން ދައުލަތުން ބޭއްވި މުހިންމު ކޮންްމެ ޖަލްސާއެއް އިވެންޓެއް ބާއްވާފައި ވަނީ ދަރުބާރުގޭގަ އެވެ. އަމިއްލަ ކުންފުނިތަކާއި ވިޔަފާރިތަކުގެ އެތައް ހަފްލާއެއް ބާއްވާފައިވަނީ ވެސް އެތާނގައެވެ. ގައުމީ ފެންވަރުގެ ފެއާތަކާއި އެކްސްޕޯތައް މިއަދާ ހަމައަށް ވެސް އެންމެ ގިނައިން ބޭއްވި ބިނާއަކަށް ވާނީ ދަރުބާރުގެ އެވެ. އެ ނޫންތަނެއް މާލެއަކު ނުވެސް ނެތެވެ. ހުރިހާވެސް ތަނަކީ ދަރުބާރުގެ އެވެ.

67%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
33%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް