ads
ހިތަދޫ އުތުރު ދާއިރާ މެމްބަރު މުހައްމަދު އަސްލަމް
އިންޑިއާއިއެކު ސޮއިކުރި އެއްބަސްވުމުގައި ކަންބޮޑުވާން ޖެހޭވަރު ކަމެއް ނެތް: އަސްލަމް
އުތުރު ތިލަފަަޅުގައި އަސްކަރީ ޑޮކްޔާޑަކާއި ބަނދަރެއް ހަދަން ރާއްޖޭން އިންޑިއާ އެކު ސޮއިކުރި އެއްބަސްވުމުގައި ކަންބޮޑުވާންޖެހޭވަރު ކަމެއް ނެތް ކަމަށް ރައްޔިތުންގެ މަޖިލީހުގެ ސަލާމަތީ ހިދުމަތްތަކާ ބެހޭ ކޮމިޓީ (241 ކޮމިޓީ)ގެ މުގައްރިރު މުހައްމަދު އަސްލަމް ވިދާޅުވެއްޖެ އެވެ.
Advertisement

އުތުރު ތިލަފަޅު އެއްބަސްވުމާ ގުޅޭގޮތުން މަޢުލޫމާތު ސާފުކުރުމަށް، މިއަދު 241 ކޮމިޓީއިން ޑިފެންސް މިނިސްޓްރީ އަދި މޯލްޑިވްސް ނޭޝަނަލް ޑިފެންސް ފޯސްގެ ކަމާގުޅޭ ބޭފުޅުންނާއެކު ބޭއްވި ކޮމެޓީ ބައްދަލުވުމަށްފަހު އަސްލަމް ވިދާޅުވީ އިންޑިއާ ސަރުކާރާ އެކު ސޮއިކޮށްފައިވާ އެގްރީމަންޓަކީ ދިވެހިރާއްޖޭގެ ގައުމީ ސަލާމަތަށް، ދިވެހިރާއްޖޭގެ މިނިވަންކަމަށް އަދި ސިޔާދަތަށް ބުރޫއަރާ ފަދަ އެއްވެސް މާއްދާއެއް އޮތް އެއްބަސްވުމެއް ނޫންކަން ޔަގީންވެ ކަށަވަރުވެގެން ހިނގައްޖެ ކަމަށެވެ. 

އުތުރުތިލަފަޅުގެ އެއްބަސްވުމުގެ އިތުރުން އިންޑިއާއާ އެކު ހަދާފައިވާ އިތުރު ދެ އެއްބަސްވުމުގެ ކޮޕީއެއް މަޖިލީހުގެ 241 ކޮމިޓީއަށް ހޯދުމަށް ހުށަހަޅާފައިވަނީ މަޑުއްވަރީ ދާއިރާގެ މެމްބަރު އާދަމް ޝަރީފް އުމަރެވެ. އާދަމް ޝަރީފް މަޖިލީހުގައި އެދިފައިވަނީ އުތުރުތިލަފަޅު އެއްބަސްވުމާއި ހައިޑްރޮގްރަފީއާބެހޭ އެއްބަސްވުމާއި ޑޯނިއަރ މަތިންދާ ބޯޓާބެހޭ އެއްބަސްވުން ހޯދުމަށެވެ.  

 ކޮމެޓީ ބައްދަލުވުމުގައި ޑިފެންސް މިނިސްޓަރު މާރިޔާ އަހުމަދުދީދީ އާއި ޗީފް އޮފް ޑިފެންސް ފޯސް މޭޖާ ޖެނެރަލް އަބްދުﷲ ޝަމާލް ވަނީ ބައިވެރިވެ ވަޑައިގެންފައެވެ.  

އާއްމުކޮށް ހުޅުވާލައިގެން 241 ކޮމިޓީން ކުރިއަށް ގެންދިޔަ މިއަދުގެ ކޮމިޓީގެ ބައްދަލުވުމުގައި އާއްމުކޮށް ފެންނަ ގޮތަށް ދައްކާފައިވަނީ ހަމައެކަނި އެ އެއްބަސްްވުމާ ބެހޭ ޕްރެޒެންޓޭޝަނެކެވެ.

އެއްބަސްވުން ހިއްސާކޮށްފައިވަނީ ކޮމިޓީއާއެެވެ. އަދި ކޮމިޓީން މިއަދު ފާސްކޮށްފައިވަނީ އެ އެއްބަސްވުމަކީ ސިއްރުކުރަން ޖެހޭ އެއްޗެއް ކަމަށް އެއްބަސްވުމުގެ މާާއްދާއެއްގައި ބުނާތީ، އެ ސިއްރު ހިފަހައްޓާށެވެ.

ކޮމެޓީއަށް އެ އެއްބަސްވުން ހިއްސާކުރުމުގެ ކުރިން މިނިސްޓަރު މާރިޔާ ވިދާޅުވީ އުތުރު ތިލަފަޅުގައި އެއްބަސްވުމުގައި މި ސަރުކާރުން ސޮއިކުރީ ކުރީގެ ރައީސް އަބްދުﷲ ޔާމީން އަބްދުލްގައްޔޫމުގެ ސަރުކާރުން އިންޑިއާއާއެކު މަޝްވަރާ ކޮށްފައި އޮތް ވަރަށް ވުރެ ހަނިކޮށްފައި ކަމަށެވެ.

މިއަދުގެ ކޮމެޓީއަށް އެމްއެންޑީއެފުން ހުށަހެޅި ޕްރެޒެންޓޭޝަނުގައިވާ ގޮތުން، ޔޫޓީއެފް އެއްބަސްވުމުގެ އަސްލަކީ 2016 ވަނަ އަހަރު ކުރީގެ ރައީސް ޔާމީނުގެ ވެރިކަމުގައި ސޮއިކުރި އެކްޝަން ޕްލޭނެއް ނަމަވެސް، އެ އެއްބަސްވުމުގެ ޝަރުތުތައް އޮތީ އެ ސަރުކާރުން ކަނޑައެޅި ގޮތަކަށް ނޫނެވެ. 

އަދި އެ މަޝްރޫއު ކުރިއަށް ގެންދަން، ޓާމްސް އޮފް ރިފަރެންސް ހޯދަން އިންޑިއާއިން އެދިފައިވާތީ، 2017 ވަނަ އަަހަރު ރާއްޖޭން ހުށަހެޅި ޓާމްސް އޮފް ރިފަރެންސް އަލުން 2019 ވަނަ އަހަރު މުރާޖާ ކޮށްފައިވާ ކަމަށް ވެސް ޕްރެޒެންޓޭޝަނުން ދައްކައެވެ. 

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް