ads
މެންބަރު ޝިޔާމް
ރައީސް ޔާމިން ނެތް ތަނުގައި ރައީސް ނަޝީދާއި އެކު މަސައްކަތެއް ނުކުރާނެ: ޝިޔާމް
ރައީސް ޔާމިން ނެތް ތަނުގައި ރައީސް ނަޝީދާއި އެކު މަސައްކަތެއް ނުކުރާނެ ކަަމަށް ޕީޕީއެމްގެ ނައިބް ރައީސް އަދި ނައިފަރު ދާއިރާގެ މެމްބަރު އަހުމަދު ޝިޔާމް ވިދާޅުވެއްޖެއެވެ.

ޝިޔާމް " ސީއެންއެމް " ވިދާޅުވީ ރައީސް ޔާމިންގެ ޣައިރު ހާޒިރުގައި ސިޔާސީ އެއްވެސް މަޝްވަރާއެއް ނުކުރާނެ ކަމަށާއި، ރައީސް ޔާމިން ނެތްތަނުގައި ރައީސް ނަޝީދާއި އެކުވެސް ސިޔާސީ މަސައްކަތެއް ނުކުރާނެ ކަމަށެވެ.

" އަޅުގަނޑުމެން އެއްވެސް ސިޔާސީ މަސައްކަތެއް ރައީސް ނަޝީދުއާއި އެކު ނުކުރާނެ. އަދި ރައީސް ޔާމިން ނެތްތަނުގައި އެފަދަ އެެއްވެސް މަޝްވަރައެއްގައި ވެސް ބައިވެރި ނުވާނަން" ޝިޔާމް ވިދާޅުވިއެވެ.

އިތުރަށް ވާހަކަ ދައްކަމުން ޝިޔާމް ވިދާޅުވީ ރައްޔިތުންގެ މަޖިލީހުގައި އިއްޔެ ބޭއްވުނު ބައްދަލުވުމަކީ އެފަދަ ބައްދަލުވުމެއްކަން އެނގުނު ވަގުތުން ފެށިގެން ބައްދަލުވުން ކުރިއަށް ނުގެންދަން ނިންމާފައިވާކަމަށެވެ.

" އަޅުގަނޑަށް އައީ މެސެޖެއް. ރައީސް ބައްދަލުކުރަން ބޭނުންވާ ވާހަކަ ރޫމް 101 ގައި. އޭރުވެސް އެބައްދަލުވުމާއި ބެހޭގޮތުން އިތުރު މައުލޫމާތެއް ނުލިބޭ. މީޓިން ރޫމްގައި ރައީސް ނަޝީދު ފެއްޓެވީ ނިޒާމު ބަދަލުކުރާ ވަހަކަ. ގާނޫނު އަސާސީއަށް އިސްލާހު ގެންނަ ވާހަކަ. އަޅުގަނޑުމެން ދެންނެވިން ތިފަދަ އެއްވެސް މަޝްވަރާއެއް ކުރެވޭނީ ރައީސް ޔާމިންގެ ހާޒިރުގައޭ " ޝިޔާމް ވިދާޅުވިއެވެ.

ރައީސް ނަޝީދު އިއްޔެ ޕީޕީއެމްގެ ޓީމާއި ބައްދަލުކުރި އިރު ޖުމްހޫރީ ޕާޓީގެ ލީޑަރ ގާސިމް އިބްރާހިމް އާއި އަމިއްލަފުޅަށް ބައްދަލު ކުރުމަށް އިއްޔެ ވަނީ އދ މާމިގިއްޔަށް ދަތުރެއްކުރައްވާފައެވެ. އަދި މިއަދުގެ ވަގުތެއްގައި އެމްއެންޕީގެ ރައީސް ކާނަލް ނާޒިމްއާއި ބައްދަލުކުރަން ހަމަޖެހިފައިވެއެވެ.

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
100%
ވަރަށް ސަލާމް
ކޮމެންޓްސް