ads
އޭސީސީގެ ރައީސް މަރިޔަމް ޝިއުނާ
އެމްއެމްޕީއާރުސީގެ މައްސަލަ ބަލަން 4 މިލިއަން ރުފިޔާ އާއި 12 މުވައްޒަފުން ބޭނުން: އޭސީސީ
އެމްއެމްޕީއާރުސީގެ ބޮޑު ޚިޔާނާތުގެ މައްސަލަތަކުގެ ތަހުގީގުގެ އަވަސްކޮށް ނިންމުމަށް ހަތަރު މިލިޔަން ރުފިޔާގެ ބަޖެޓަކާއި، އިތުރު 12 މުވައްޒަފުން ބޭނުންވާ ކަމަށް އޭސީސީން ބުނެފިއެވެ.
Advertisement

ރައްޔިތުންގެ މަޖިލީހުގެ މިނިވަން މުއައްސަސާތަކުގެ ކޮމިޓީގައި، އޭސީސީގެ ރައީސް މަރިޔަމް ޝިއުނާ ވިދާޅުވީ މިހާރު ހުރި ވަސީލަތްތަކުން އެ ޚިޔާނާތުގެ މައްސަލައެއް ބަލަން ވެސް އާންމު ގޮތެއްގައި އަށް މަސް ދުވަހުގެ މުއްދަތެއް ހޭދަވާ ކަމަށެވެ.

ޝިއުނާ ވިދާޅުވީ މިހާރު ހުރި ވަސީލަތްތަކާއި މުވައްޒަފުންގެ އަދަދުތައް ހުރިގޮތުން ސަރުކާރުން ބޭނުންވާ އަވަސްމިނުގައި މައްސަލަތައް ނުނިންމޭނެ ކަމަށެވެ. 

މިއަދުގެ ބައްދަލުވުމުގައި ޝިއުނާ ވިދާޅުވީ އިތުރު ހަތަރު މިލިއަން ރުފިޔާގެ ބަޖެޓަކާއި، 12 މުވައްޒަފުން އިތުރުކޮށްދިނުމަށް ފިނޭންސް މިނިސްޓްރީގައި އެދިފައިވާނެ ކަމަށެވެ.އޭނާ ވިދާޅުވީ އެކަމާ ގުޅިގެން ބައްދަލު ވޔުމެއް ބޭއްވުމަށް މިނިސްޓްރީން ރާވަމުން ދާކަމަށެވެ.  

ޝިއުނާ ވިދާޅުވީ އެމައްސަލައަށް އެކަނި ހާއްސަކޮށްގެން 12 މުވައްޒަފުންނާއި އިތުރު ހަތަރު މިލިޔަން ރުފިޔާ ބޭނުންވާކަމަށެވެ.

ޝިއުނާ ވިދާޅުވީ ބޮޑު ހިޔާނާތުގެ މައްސަލަ ލަސްކަމަށް ގަބޫލު ކުރައްވަ ކަމަށާއި، އެކަމަކު މިހާރު ތިއްބެވި މުވައޒަފުންނާއެކު އޭސީސީގެ މަސައްކަތް ހަލުވި ވެފައިވާ ކަމަށެވެ. 

އެމްއެމް ޕީއާރުސީގެ ބޮޑު ހިޔާނާތުގެ މައްސަލައިގައި އެއްވެސް ފައިސާއެއް އަދި މިހާތަނަށް ދައުލަތަށް ހޯދިފައެއް ނުވެއެވެ. 

މި މައްސަލާގައި މިހާތަނަށް ހުކުމް ކޮށްފައިވަނީ ކުރީގެ ރައީސް އަބްދުﷲ ޔާމީން އާއި ނައިބު ރައީސް އަހްމަދު އަދީބާއި، އެމްއެމްޕީއާރުސީގެ ކުރީގެ މެނޭޖިން ޑިރެކްޓަރު އަބްދުﷲ ޒިޔަތުގެ މައްޗަށެވެ.

0%
ކަމުގޮސްފި
50%
އަޑުއެހިތާ މިހުރީ
50%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް