ads
މެމްބަރު ފަލާހު މިއަދުގެ ޖަލްސާއަށް މައްސަލަ ހުށަހަޅުއްވަނީ
ހިޔާ ފްލެޓް: މަކަރާއި ހީލަތް ހަދާފައިވާ ކަމަށް ބުނެ މަޖިލީހަށް މައްސަލަ ހުށަހަޅައިފި
ހިޔާ ފްލެތް މަޝްރޫއު ހިންގުމުގައި މަކަރާއި ހީލަތް ހަދާފައިވަ ކަމަށް ބުނެ މިއަދު މަޖިލީހަށް މައްސަލައެއް ހުށަހަޅައިފިއެވެ.

މިއަދު އޮތް ރައްޔިތުންގެ މަޖިލީހުގެ ޖަލްސާގައި، އެ މައްސަލަ ހުށަހެޅުއްވީ މާފަންނު ހުޅަނގު ދާއިރާގެ އެމްޑީޕީގެ މެންބަރު މުހައްމަދު ފަލާހެވެ. މި މަޖިލީހަށް ބަލައިގަނެ ބަހުސްކުރުމަށް ފާސްވެފައިވަނީ 33 މެންބަރުންގެ ވޯޓުންނެވެ. 

މަޖިލީހަށް މައްސަލަ ހުށަހަޅުއްވަމުން ފަލާހު ވިދާޅުވީ ރައީސް ޔާމީނުގެ ސަރުކާރުގައި ހިންގި މިމަޝްރޫއުން ބޮޑެތި ހިޔާނާތާއި މަކަރާއި އޮޅުވާލުންތައް އެބަހުރިކަމަށެވެ. އޭނާ ވިދާޅުވީ ފައިދާވާން އޮތްކަމެއްގައި އެހެންގޮތަކަށް އަމަލު ކޮށްފައިވާ ކަމަށާއި މަކަރާއި އޮޅުވާލުމާއި ކޮރަޕްޝަން ހިމެނޭ ގޮތަށް އެކަމުގައި އަމަލު ކޮށްފައިވާ ކަމަށެވެ. 

އަދި އޭނާ ވިދާޅުވީ ރައްޔިތުންގެ ދިރިއުޅުމަށް ހަދާފައިވާ ތަނެއްގައި އެމީހުންގެ އެންމެ އަސާސީ ކަންކަން ވެސް ފުރިހަމަވެފައިނުވާ ކަމަށާއި، ރައްޔިތުންނަށް ފަސޭހަކޮށްދިނުމުގެ ބަދަލުގައި ގަސްތުގައި ހިންގާފައިވާ ކަންކަމުގެ ސަބަބުން ނުވަތަ އިހުމާލުގެ ސަބަބުން ދައުލަތަށާއި ރައްޔިތުންނަށް ދާއިމީ ގޮތެއްގައި ގެއްލުން ވަމުން ހިނގައިދާ ނެކަމަށް އަންދާޒާ ކުރެވިފައިވާ ކަމަށެވެ. 

މީގެ އިތުރުން ހައުސިން ޔުނިޓްތަކުގެ އަގު ކަނޑައަޅާފައިވާ ގޮތާއިބެހޭގޮތުން ރައްޔިތުންގެ ހިތުގައި ނުހަނު ބޮޑު ކަންބޮޑުވުންތައް އުފެދިފައިވާ ކަމަށްވެސް ފަލާހު ހުށަހެޅުއްވިއެވެ. އަދި ހައުސިން މިނިސްޓްރީއާއި އެޗްޑީސީން މައުލޫމާތުތައް ރައްޔިތުންނަށް ހާމަކޮށްދިނުމުންވެސް ، ރައޔިތުންގެ ހިތުގައި ކަންބޮޑުވުން އުފެދޭ ގޮތަށް މަސައްކަތް ކޮށްފައިވާތީ، އެފަދަ ހާލަތެއް މިހާރު މެދުވެރި ވެފައިވާ ކަމަށެވެ.

އެ ހުށަހެޅުމުގައި އިތުރަށް ބުނެފައިވަނީ އޮޑިޓަ ޖެނެރަލްގެ އޮފީހުން ހާއްސަ އެސެސްމެންޓެއް ހެދުމަށްފަހު ރިޕޯޓެއް ނެރެފައިވާކަމަށާއި އެރިޕޯޓުގައި ފްލެޓްތަކުގެ އަގު ބަޔާންކޮށްފައިވާ ކަމަށެވެ. އެހެންކަމުން އެ ކަންކަނ ރައްޔިތުންނަށް އޮޅުވާލަން މަސައްކަތް ކޮށްފައިވާތީ ޖިނާއީ ތަހުގީގެއް ކޮށް ދޭން އެދޭކަމަށް އެމައްސަލަ ހުށަހަޅުއްވަމުން ފަލާހު ވިދާޅުވިއެވެ. 

އޮޑިތް ރިޕޯޓުގައިވާ ގޮތުން ކުރީގެ ސަރުކަރުން ކަނޑައެޅި 6600 ރުފިޔާ ކުލީގެ ގޮތުގައި ކަނޑައެޅިނަމަ ކޮންމެ ފްލެޓަކުން 1.1 މިލިޔަން ރުފިޔާ ދައުލަތަށޤ ގެއްލުން ވަނެއެވެ އކަމަކު ކުރީގެ ހައުސިން މިނިސްތަރު ޑރ މުހައްމަދު މުއިއްޒު ވިދާޅުވީ އޮޑިޓް ރިޕޯޓަކީ ސިޔާސީ ރިޕޯޓެއް ކަމަށެވެ.

ހިޔާ މަޝްރޫއު ގައި ސޮއިކޮށްފައިވަނީ 20 ޖުލައި 2016ގައެވެ. މިމަސައްކަތް ކޮށްފައިވަނީ ޗައިނާ ސްޓޭޓް ކޮންސްޓްރަކްޝަން އިންޖިނިއަރިން ކޯޕަރޭޝަން (ސީއެސްސީއީސީ) އާއި އެޗްޑީސީން  ސޮއިކުރި ޑިޒައިން އެންޑް ކޮންސްޓްރަކްޝަން އެއްބަސްވުމެއްގެ ދަށުންނެވެ. 

25 ބުރީގެ 16 ޓަވަރުގައި ހިމެނޭ 7،000 ހައުސިން ޔުނިޓް ހިމެނޭ ހައުސިން ޔުނިޓްތަކަށް މިހާރު ގިނަ ބަޔަކު ވަނީ ބަދަލުވެފަ އެވެ.  

މި ސަރުކާރުން ވަނީ އޭގެ ތެރެއިން 280 ހައުސިން ޔުނިޓު، ކޮމާޝަލް ޔުނިޓުތަކެއްގެ ގޮތުގައި ބަދަލު ކޮށްފައެވެ. އެއީ ހިޔާ ފްލެޓުތަކުގައި ދިރިއުޅޭ މީހުންނަށް ބޭނުންވާ ޒަރޫރީ ހިދުމަތްތައް ފޯރުކޮށްދިނުމަށް ބޭނުންވާ ވަސީލަތްތައް ފޯރުކޮށްދިނުމަށެވެ. 

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
100%
ވަރަށް ސަލާމް
ކޮމެންޓްސް