ads
ނައިބު ރައީސް ފުވައްމުލައް ސިޓީ ހޮސްޕިތަލުގައި މިއަދު ވާހަކަފުޅު ދައްކަވަނީ
އަތޮޅުތެރޭގައި ކުރަން އެންމެ އިސްކަންދޭ ކަމަކީ ސިއްހީ ނިޒާމް ވަރުގަދަކުރުން: ނައިބް ރައީސް
ދިވެހި ސަރުކާރުން އަތޮޅުތެރޭގައި އެންމެ އިސްކަމެއް ދެއްވާ ކަމަކީ ދިވެހިރާއްޖޭގެ ސިއްހީ ނިޒާމު ވަރުގަދަ ކުރުން ކަމުގައި ރައީސުލްޖުމްހޫރިއްޔާގެ ނައިބު ފައިސަލް ނަސީމް ވިދާޅުވެއްޖެ އެވެ.

ޏ. އަތޮޅު ހޮސްޕިޓަލްގެ ލެބޯޓްރީ ޑިޖިޓަލައިޒްކޮށް، ޒަމާނީ ވަޞީލަތްތައް ޤާއިމް ކުރުމަށް ބޭނުންވާ ޖާގަ އިތުރުކުރުގެ ޢަމަލީ މަސައްކަތް ފެއްޓެވުމުގެ ވާހަކަފުޅު ދައްކަވަމުން ނައިބު ރައީސް ވިދާޅުވީ  އަތޮޅާއި ރަށުގައި ތިބެގެން ފެންވަރު ރަނގަޅު ޚިދުމަތްތައް ފަސޭހަކަމާއެކު ހޯދައިދެއްވުމަކީ މުޅި ސަރުކާރަށް ކުރެވޭ އެންމެ މުހިންމު މަސައްކަތްކަމުގައެވެ.

އަދި މިހާރުވެސް ހޮސްޕިޓަލްތަކުގެ ފެންވަރު ރަނގަޅު ކުރުމަށްޓަކައި ތަފާތު ގިނަ މަސައްކަތްތައް ކުރެވެމުންދާ ކަމަށްވެސް ވިދާޅުވިއެވެ. 

ނައިބު ރައީސްގެ ވާހަކަފުޅުގައި، ރާއްޖޭގެ އުތުރުން ފެށިގެން އެންމެ ދެކުނަށް ބަލާލާއިރު، ހާއްސަކޮށް މަތީ ފެންވަރުގެ ޚިދުމަތްތައް ދޭ ހޮސްޕިޓަލުގެ ވަޞީލަތްތައް ވަރަށް ބޮޑުތަން މިހާރުވެސް އިތުރުކުރެވިފައިވާ ކަމުގައި ވިދާޅުވިއެވެ.

ނައިބު ރައީސްގެ ވާހަކަފުޅުގައި، ފުވައްމުލަކު ހޮސްޕިޓަލުގެ އެކި ވަސިލަތްތަކުގެ ދަތިކަން ހުރި މިންވަރު ވަޒަންކޮށް، އެ ހޮސްޕިޓަލަށް މި ވަގުތަށް މި އިތުރުކުރެވޭ ބައިގައި ލެބޯޓްރީގެ ދަތިކަމަށް ހައްލެއް ހޯދުމުގެ އިތުރުން ސްޕެޝަލިސްޓް އޯޕީޑީގެ ޚިދުމަތާ ސްޕެޝަލް ނީޑް ކުދިންނަށް ބޭނުންވާ ސްޕީޗް ތެރަޕީ ދިނުމަށް ހާއްސަ ބައެއް ހިމެނޭނެ ކަމުގައި ވިދާޅުވިއެވެ.

މި ރަސްމިއްޔާތުގައި ނައިބުރައީސް ވަނީ ޏ. އަތޮޅު ހޮސްޕިޓަލްގެ ލެބޯޓްރީ ޑިޖިޓަލައިޒްކޮށް، ޒަމާނީ ވަޞީލަތްތައް ޤާއިމް ކުރުމަށް ބޭނުންވާ ޖާގަ އިތުރުކުރުގެ ޢަމަލީ މަސައްކަތް ފައްޓަވައި ދެއްވުމުގައި ބައިވެރިވެ ވަޑައިގަންނަވާފައެވެ.

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް