
ޕީއެސްއެމް ނިއުސްއަށް ދެއްވި އިންޓަވިއުއެއްގައި ޑރ. މައުސޫމް ވިދާޅުވީ، މިއަހަރު ރާއްޖެ އަންނާނެކަމަށް ލަފާކުރި ފަތުރުވެރިންގެ ޢަދަދުގެ އަމާޒަށް ވާސިލްވުމާ މިހާރު ގާތްވެފައިވާކަމަށެވެ. އެގޮތުން އަންނަ ހުކުރު ދުވަހު ރާއްޖެއަށް އެއް މިލިއަންވަނަ ފަތުރުވެރިޔާ އަންނާނެ ކަމަށް ލަފާކުރެވޭ ކަމަށް ވިދާޅުވިއެވެ.
ޓޫރިޒަމް މިނިސްޓަރު ޑރ. އަބްދުﷲ މައުސޫމް ދުބާއީގައި އޮތް މޯލްޑިވްސް އިންވެސްމެންޓް ފޯރަމްގައި ވާހަކަދައްކަވަނީ- ފޮޓޯ: ރައީސް އޮފީސް
ރާއްޖޭގެ ކޮވިޑް-19ގެ ހާލަތު ރަނގަޅުވެ ގިނަ ގައުމުތަކުން ވަނީ ރާއްޖެއަށް އަންނަ ފަތުރުވެރިން ކަރަންޓީނު ނުވެ އެނބުރި ގައުމަށް ދެވޭނެ ގޮތަށް ފިޔަވަޅުތަކަށް ލުއި ދީފައެވެ. އެއާ އެކު ރާއްޖެ އަންނަ ފަތުރުވެރިންގެ އަދަދު އަންނަނީ އިތުރުވަމުންނެވެ.
ޓުއަރިޒަމް މިނިސްޓްރީގެ އެންމެ ފަހުގެ ތަފާސް ހިސާބުތަކުން ދައްކާގޮތުގައި، މި މަހު 25 ވަނަ ދުވަހާއި ހަމައަށް ރާއްޖެއަށް 983،635 ފަތުރުވެރިން ޒިޔާރަތްކޮށްފައިވެއެވެ.