ads
ރައީސް ނަޝީދު
ގާނޫނު އަސަސީއަށް ބަދަލު ގެނެއުމަށް އެމްއެންޕީގެ އެހީތެރި ކަމަށްވެސް ނަޝީދު މަޝްވަރާކޮށްފި
ގާނޫނުއަސާސީއަށް އިސްލާހު ގެނެއުމަށް މޯލްޑިވްސް ނެޝަނަލް ޕާޓީ (އެމްއެންޕީ)ގެ އެހީތެރިކަމަށް ވެސް ރައްޔިތުން މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދު އެދިވަޑައިގެންފި އެވެ.
Advertisement

އެކަން ހާމަކޮށް މިއަދު އެމްއެންޕީން ނެރުނު ބަޔާނުގައި ބުނީ ރައީސް ނަޝީދު އެ ޕާޓީއާއި ބައްދަލުކުރައްވާފައިވަނީ ސިޔާސީ ޕާޓީގެ ޤާނޫނުގެ ދަށުން އިލެކްޝަންސް ކޮމިޝަންގެ ފަރާތުން ބަލަހައްޓާ ސިޔާސީ ޕާޓީގެ ދަފްތަރުގައި އެ ޕާޓީ ހިމެނުމާ ގުޅިގެން ކަމަށެވެ.

އެ ބައްދަލުވުމުގައި ދެކެވުނު ވާހަަކަތަކާއި ބެހޭގޮތުން ބަޔާނުގައި ބުނެފައިވަނީ ވާހަކަދެކެވިފައިވަނީ ދިވެހިރާއްޖެއަށް މިއަދު ދިމާވެފައިވާ މުހިންމު އެކިއެކި ކަންކަމާ ގުޅޭގޮތުންނާއި އެކަންކަން އިސްލާހުކުރުމަށްޓަކައި އެކުގައި މަސައްކަތްކުރުމަށް ކަމަށެވެ. 

އޭގެ އިތުރުން، ދިވެހިރާއްޖޭގެ ޖުމްހޫރިއްޔާގެ ގާނޫނުއަސާސީއަށް ގެންނަންޖެހޭ މުހިންމު އިސްލާހުތަކާ ގުޅޭގޮތުންވެސް ވާހަކަ ދެކެވުނުކަމަށް އެ ޕާޓީން ބުނެއެވެ. 

އެގޮތުން، ރައްޔިތުންގެ މެދުގައި ޖުޑީޝަރީއާމެދު އިތުބާރު އިތުރުކުރުމަށްޓަކައި ޖުޑީޝަލް ސަވިސް ކޮމިޝަން އެކުލެވިގެންވާ ގޮތް ބަދަލުކުރުމަށާއި، ވެރިކަން ކުރުމުގެ ނިޒާމްގައި ހުރި ދަތިތަކަށް ޙައްލެއް ހޯދުމަށްޓަކައި ވެރިކަމުގެ ނިޒާމް ބަދަލުކުރުމާ ގުޅޭގޮތުންނާއި ރައްޔިތުންގެ މަޖިލީހުގެ މެންބަރުންގެ އަދަދާ ގުޅޭގޮތުންފަދަ މުހިންމު ކަންކަމާ ގުޅޭގޮތުން ވާހަކަ ދެކެވުނު ކަމަށް ބުނެފައިވެއެވެ.

މިކަންކަން ބަދަލުކުރުމަށް ދިވެހިރާއްޖޭގެ ޖުމްހޫރިއްޔާގެ ގާނޫނުއަސާސީ އިސްލާހުކުރުމަށް ރައްޔިތުންގެ މަޖިލީހުގައި އެޕާޓީގެ އެހީތެރިކަމަށް އެމްޑީޕީގެ ފަރާތުން އެދިފައިވެއެވެ.

ގައުމުގެ މުސްތަގްބަލާ ގުޅޭ މިފަދަ މުހިންމު ނިންމުންތައް ނިންމުމުގެ ކުރިން މިކަންކަމާ ގުޅޭގޮތުން
ރައްޔިތުންގެ މެދުގައި ވަރަށް ފުޅާ ދާއިރާއެއްގައި މަޝްވަރާކޮށް، ރައްޔިތުންގެ ހިޔާލު ހޯދުމަކީ ވަރަށް މުހިންމު ކަމެއްކަމަށް މިޕާޓީން ދެކެމެވެ. އެހެންކަމުން، މި ކަންކަމާ ގުޅޭގޮތުން މިޕާޓީން ގޮތެއް ނިންމާނީ، ޕާޓީގެ ގައުމީ ހިންގާ ކައުންސިލްގައި މިކަމާ ގުޅޭގޮތުން މަޝްވަރާކުރުމުގެ އިތުރުން، ޕާޓީގެ އާންމު މެންބަރުންނާއި ދިވެހި ރައްޔިތުން މިކަންކަމާ ގުޅޭގޮތުން މަޝްވަރާކުރުމަށްފަހު ކަމަށް އެޕާޓީން ބުނެއެވެ. 

މެއި މަހުގެ ހަވަނަ ދުވަހު ދިން ހަމާލާގައި ލިބުނު އަނިޔާތަކަށް ފަރުވާ ހޯއްދެއްވުމަށްފަހު ރާއްޖެ ވަޑައިގެންފަހުން ގާނޫނު އަސާސީއަށް ބަދަލު ގެނެސް ރާއްޖޭގައި ބަރުލަމާނީ ނިޒާމެއް ގާއިމުކުރުމަށް އެކި ފަރާތްތަކާއި ރައީސް ނަޝީދު ދަނީ މަޝްވަރާ ކުރަމުންނެވެ. އެގޮތުން ރައީސް ސޯލިހް އާއި ކޯލިޝަނުގެ ތެރޭގައި އޮތް ޖުމްހޫރީ ޕާޓީގެ ލީޑަރު ގާސިމް އިބްރާހިމްއާއިވެސް ވަނީ ބައްދަލުކޮށްފައެވެ. 

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް