ads
އެމްއެންޕީ ރަޖިސްޓްރީ ކުރިކަމުގެ ލިޔުން އީސީން ހަވާލުކުރަނީ: ފޮޓޯ އެމްއެންޕީ
އެމްއެންޕީގެ ނަމުގައި މިހާރު މަޖިލީހުގައި ތަމްސީލު ކުރެވޭނެ: މަޖިލިސް ރައީސް
މޯލްޑިވްސް ނޭޝަނަލް ޕާޓީ (އެމްއެންޕީ) އަކީ މިހާރުގައި މަޖިލީހުގައި ތަމްސީލު ކުރެވޭ ޕާޓީއެއް ކަމަށާއި އަދި ރަސްމީކޮށް އެޕާޓީ ބަލައިގެންފައިވާ ކަމުގައި މަޖިލިސް ރައީސް ވިދާޅުވެއްޖެއެވެ.

މިއަދުގެ މަޖިލިސް ޖަލްސާ ފައްޓަވަމުން މަޖިލިސް ރައީސް ވިދާޅުވީ މިހާރު މަޖިލީހުގައި އެމްއެންޕީ ތަމްސީލު ކުރާ ތިން މެމްބަރުން ދަފްތަރުގައި ހިމެނިފައިވާ ކަމަށެވެ.

އެމްއެންޕީ މަޖިލީހުން ބަލައިގަތުމާ އެކު މަޖިލީހުގެ ކޮމިޓީތަކަށް އަންނަ ބަދަލުތައް ފާސްކުރުމަށް ހުށަހަޅުއްވާނެކަމަށް ވެސް ރައީސް ނަޝީދު ވިދާޅުވިއެވެ.

އަލަށް އުފެއްދި އެ ސިޔާސީ ޕާޓީއާ ގުޅިވަޑައިގެންނެވީ ތިމަރަފުށީ ދާއިރާގެ މެންބަރު ޢަބްދުﷲ ރިޔާޒާއި ވިލިމާލޭ ދާއިރާގެ މެންބަރު އަޙްމަދު އުޝާމްއާއި އަދި ދަނގެތީ ދާއިރާގެ މެންބަރު ކާނަލް މުޙައްމަދު ނާޒިމްއެވެ.

މަޖިލިސް މެންބަރުން ނިސްބަތްވާ ސިޔާސީ ޕާޓީތަކަށް އައި މި ބަދަލާ އެކު އެމްއެންޕީގައި ހިމެނޭ މަޖިލިސް މެމްބަރުންގެ އަދަދު ޖުމްހޫރީ ޕާޓީއާ ވަނީ އެއްވަރުވެފައެވެ.

މަޖިލީހުގައި މިހާރު އިތުރަށް ތިއްބެވީ އިދިކޮޅު ޕީޕީއެމް/ޕީއެންސީ ކޯލިޝަންގެ ނުވަ މެންބަރުންނާއި އެމްޑީއޭގައި ދެ މެންބަރުންގެ އިތުރުން މިނިވަން މެންބަރުންގެ ގޮތުގައި ފަސް މެންބަރުންނެވެ.

މަޖިލީހުގެ ސުޕަ މެޖޯރިޓީ އަކީ 65 މެމްބަރުންނާއި އެކު އެމްޑީޕީއެވެ.

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް