ފުލުހުން ބުނީ، ވީޑިއޯއިން ފެންނަ ދެމީހުންނަކީ 2021 ސެޕްޓެމްބަރު 4 ވަނަ ދުވަހުގެ ވަގުތެއްގައި ކާނޭޝަންމަގު ފަރީދީ މިސްކިތް ކައިރީގައި ހުރި ސައިކަލެއް ވަގަށް ނަގާފައިވާކަމަށް ތުހުމަތު ކުރެވޭ މައްސަލައަކާ ގުޅިގެން ފުލުހުންގެ ޖެނެރަލް އިންވެސްޓިގޭޝަން ޑިޕާޓްމަންޓުން ކުރަމުންދާ ތަހުގީގަށް ހޯދަމުންދާ ދެ މީހުން ކަމަށެވެ.
ނަމަވެސް ފުލުހުން މިހާތަނަށް ކުރި މައްސައްކަތުން ކޮންބައެއްކަން ދެނެގަނެވިފައި ނުވާކަމަށް ފުލުހުން ބުނެއެވެ.
ވީމާ މިމީހުންނާ ބެހޭ އެއްވެސް މަޢުލޫމާތެއް ލިބިފައިވާނަމަ ޖެނެރަލް އިންވެސްޓިގޭޝަން ޑިޕާޓްމަންޓްގެ ނަމްބަރު 9631696 އަށް ގުޅުއްވައި މިމައްސަލައިގެ އިންސިޑެންޓް ނަންބަރު 497007 ވިދާޅުވެ، އެމައުލޫމާތެއް ހިއްސާކުރެއްވުން ފުލުހުން ވަނީ އެދިފައެވެ.