ބޮޑުހިލައިގެ ހަތަރުވަނަ ޝިޕްމެންޓް ދިއްގަރަށް ގެންގޮސްފައިވަނީ މިމަހުގެ 23 ވަނަ ދުވަހު ކަމަށްވެސް އެކުންފުނިން މައުލޫމާތު ދެ އެވެ.
ދިއްގަރު ބިން ހިއްކުމާއި ގޮނޑުދޮށް ހިމާޔަތް ކުރުމުގެ މަޝްރޫއުގެ ދަށުން، 25 ހެކްޓަރުގެ ބިން ހިއްކުމާއި، 384 މީޓަރުގެ ބޮޑުހިލައިގެ ރިވެޓްމެންޓް ޖެހުމާއި، 287 މީޓަރުގެ ސަރަހައްދެއްގައި ބޭރުތޮށި ލުމުގެ މަސައްކަތް ހިމެނެއެވެ.
ދިއްގަރު ބިންހިއްކުމާއި، ގޮނޑުދޮށް ހިމާޔަތްކުރުން -- ފޮޓޯ : އެމްޓީސީސީ
މި މަޝްރޫއުގެ ދަށުން، ދިއްގަރުގެ ގޮނޑުދޮށް ހިމާޔަތްކުރުމަށް މިހާރު ދަނީ ބޮޑުހިލަ ޖެހުމުގެ މަސައްކަތް ކުރަމުންނެވެ.
ޕްލޭނިންގް މިނިސްޓްރީ އާއި އެމްޓީސީސީން ގުޅިގެން ކުރިޔަށް ގެންދާ މި މަޝްރޫޢަކީ 121.84 މިލިއަން ރުފިޔާގެ މަޝްރޫއެކެވެ.