ads
ޕީއެންސީގެ ރައީސް އަބްދުއްރަހީމް އަބްދުﷲ (އަދުރޭ) ޕީޕީއެމްގެ 10 ވަނަ އަހަރީ ދުވަހުގެ ދިދަ ނެގުމުގެ ރަސްމިއްޔާތުގައި ވާހަކަދައްކަވަނީ--
މިވެރިކަން އައިފަހުން ކުރިހާވެސް ކަމަކީ ރައީސް ޔާމީނަށް އަނިޔާކުރުން: އަދުރޭ
ދެހާސް އަށާރަވަނަ އަހަރު މިވެރިކަން އައިފަހުން ކުރިހާވެސް ކަމަކީ ކުރީގެ ރައީސް އަބްދުﷲ ޔާމީނަށް އަނިޔާކުރުން ކަމަށް ޕީޕަލްސް ނޭޝަނަލް ކޮންގްރެސް (ޕީއެންސީ)ގެ ރައީސް އަދި އިދިކޮޅު ކޯލިޝަން ހިންގެވުމާއި ވަގުތީ ގޮތުން ހަވާލުވެ ހުންނެވި އަބްދުއްރަހީމް އަބްދުﷲ (އަދުރޭ) ވިދާޅުވެއްޖެ އެވެ.

ޕްރޮގްރެސިވް ޕާޓީ އޮފް މޯލްޑިވްސް (ޕީޕީއެމް) އަށް 10 އަހަރު ފުރުން ފާހަގަކުރުމަށް އޮތް ދިދަ ނެގުމުގެ ރަސްމިއްޔާތުގައި ވާހަކަދައްކަވަމުން އަދުރޭ ވިދާޅުވީ 2013 ވަނަ އަހަރު ދިވެހި ރާއްޖޭގެ ވެރިކަމަށް އިންތިހާބުވި ޕީޕީއެމްގެ ސަރުކާރަކީ ދިވެހި ރައްޔިތުންނަށް އެންމެ އަގު ބޮޑު އެންމެ ގިނަ ހިދުމަތް ކޮށްދިން ސަރުކާރު ކަމަށެވެ. އެ ސަރުކާރު ފެށިގެން އައީ ރައީސް އަބްދުﷲ ޔާމީންގެ ޒައާމަތުން ކަމަށެވެ. 

އެމަނިކުފާނު ވެރިކަން ކުރި ފަސް އަހަރަކީ ހުރިހާގޮތަކުން ބަލާލިއަސް ދިވެހި ރާއްޖެ ދުށް އެންމެ އުފާވެރި، ފާގަތި ފަސް އަހަރުކަމަށް އަދުރޭ ވިދާޅުވި އެވެ. އެގޮތުން ރައްޔިތުންގެ ފުދުންތެރިކަން އިތުރުކުރިކަމަށާއި ސުލްހަ މަސްލަސްކަން ގާއިމްކޮށް ތަރައްގީިގެ ބިޔަ މަޝްރޫއުތައް ހިންގައި އަދުލު އިންސާފް ގާއިމްކުރި ކަމަށް އަދުރޭ ވިދާޅުވި އެވެ.  

your imageޕީއެންސީގެ ރައީސް އަބްދުއްރަހީމް އަބްދުﷲ (އަދުރޭ) ޕީޕީއެމްގެ 10 ވަނަ އަހަރީ ދުވަހުގެ ދިދަ ނެގުމުގެ ރަސްމިއްޔާތުގައި ވާހަކަދައްކަވަނީ-- 

އަދި ދިވެހިރާއްޖޭގެ މިނިވަންކަމަށް ބުރޫ އަރާނެ އެއްވެސް ކަމަކަމަށް ޖާގަ ނުދެއްވާ ކަމަށާއި އިސްލާމް ދީނަށް ފުރައްސާރަ ކުރުމުގެ ފުރުސަތެއްވެސް ނުދެއްވާ ކަމަށެވެ. އޭރު ކުރީ ރައްޔިތުން ބޭނުންވާ ގޮތަށް ރައްޔިތުންގެ ވެރިކަމެއް ކަމަށް އޭނާ ވިދާޅުވި އެވެ. 

"އާދެ 2018 ވަނަ އަހަރު އެމަނިކުފާނުގެ ވެރިކަން ނިމުމާއެކީގައި، ދެން ފެށިގެން މިދިޔަ ވެރިކަމުން މިހާތަނަށް ކުރިހާވެސް ކަމަކީ ހަމައެކަނި ރައީސް ޔާމީނަށް އަނިޔާކުރުން. އިތުރު ކަމެއް ނުކުރެވުނު." އަދުރޭ ވިދާޅުވި އެވެ.

އެހެންކަމުން ޕާޓީގެ އުފަންދުވަސް އައިސް ބައްދަލުކުރި އިރު މިހާރު މިވަނީ އަނެއްކާވެސް ވަރަށް ބޮޑަށް ގައުމު ސަލާމަތް ކުރުމުގެ މަަސައްކަތަށް ނުކުންނަން ޖެހިފައިކަމަށް އަދުރޭ ވިދާޅުވި އެވެ. 

your imageޕީޕީއެމްގެ 10 ވަނަ އަހަރީ ދުވަހުގެ ދިދަ ނެގުމުގެ ރަސްމިއްޔާތު ތެރެއިން-- 

ޕީޕީއެމްގެ އަހަރީ ދުވަހުގެ ރޭ އޮތް ދިދަ ނެގުމުގެ ރަސްމިއްޔާތުގެ ކުލައަކީ ގައުމީ ކުލަކަމަށް، އިހުތިޔާރު ކުރީ އެ ސަބަބުތަކައްޓަކައި ކަމަށް ވިދާޅުވެ، އަދުރޭ ވިދާޅުވީ ޕާޓީގެ ކުލައާއި ޕާޓީއަށްވުރެ މުހިއްމުވީ ގައުމުކަމަށެވެ. 

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
100%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް