ads
އާރިޔަން ހާން ކޯޓުން ގެންދަނީ-- ހައިކޯޓުން ވަނީ އާރިޔަން މިނިވަންކުރަން ހުކުމްކޮށްފަ-
3 ހަފްތާއަށް ފަހު އާރިޔަން ޖަލުން ދޫކޮށްލައިފި
ބޮލީވުޑްގެ އެންމެ ބޮޑު ސުޕާސްޓާ ޝާހްރުކް ހާންގެ ދަރި އާރިޔަން ހާން ކަފާލާތުގެ ދަށުން ދޫކޮށްލުމަށް މަމްބާއީ ހައިކޯޓުން ހުކުމްކޮށްފި އެވެ.

އޭނާ ދޫކޮށްފައި މިވަނީ ޑްރަގްގެ މައްސަލައެއްގައި ތިން ހަފްތާ ޖަލުގައި ހޭދަކޮށްފައިވަނިކޮށެވެ. 

އުމުރުން 23 އަހަރުގެ އާރިޔަން މަމްބާއީ ބޭރުގައި އޮތް ކުރުޒް ޝިޕެއްގައި ޕާޓީކޮށް މަސްތުވާތަކެތި ބޭނުންކޮށް، އެތަކެތި ޓްރެފިކް ކުރާ ކަމަށް އިންޑިއާގެ ނާކޯޓިކްސް ކޮންޓްރޯލް ބިއުރޯ (އެންސީބީ)އިން ކުރެއެވެ. 

އޮކްޓޯބަރު މަހުގެ ތިން ވަނަ ދުވަހުން ފެށިގެން ބަންދުގައި ހުރި އާރިޔަން ކަފާލާތުގެ ދަށުން މިނިވަން ކުރަން ހުކުމް ކުރި ނަމަވެސް އަދި އެއް ރޭ އޭނާ ޖަލުގައި ހޭދަކުރަން ޖެހޭނެ އެވެ. އެއީ މަމްބާއީ ހައިކޯޓުން ރަސްމީ ސިފައެއްގައި އެ ހުކުމް ނެރޭނީ މާދަމާގެ ވަގުތެއްގައި ކަމަށް އެންޑީޓީވީ އިން ރިޕޯޓްކުރެއެވެ. 

މީގެ ކުރިން ދެ ފަހަރު މަތިން ކޯޓުން ވަނީ އާރިޔަން ކަފާލާތުގެދަށުން މިނިވަން ކުރަން ދެކޮޅު ހަދައިފައެވެ. 

އާރިޔަންގެ ވަކީލުން ވަނީ ތަކުރާރުކޮށް އޭނާގެ ހަށިގަނޑުން އަދި އޭނާ ހުރިތަނަކުން ވެސް މަސްތުވާތަކެތި ފެނިފައިނުވާ ކަމަށާއި އެހެން ކަމުން އެ ތަކެއްޗާއި އޭނާ އާއި ގުޅުވޭނެ ގޮތެއް ނެތް ކަމަށް ކޯޓުގައި ބުނެފައެވެ. 

ނަމަވެސް އެންސީބީން ހުށަހެޅި ޗެޓްލޮގްތަކަށް ރިއާޔަތްކޮށް ދަށު ކޯޓުން ވަނީ އާރިޔަން ބަންދުގައި ބަހެއްޓުމަށް މީގެ ކުރިން ހުކުމްކޮށްފައެވެ. 

80%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
20%
ވަރަށް ސަލާމް
ކޮމެންޓްސް