ads
އިސްލާމީ މަރުކަޒާއި ހުކުރު މިސްކިތް އަދި ރައީސް އޮފީސް ކުރިމައްޗަށް ކުޑަކަމު ދިޔަ---
2 މިސްކިތަކަށް ކުޑަކަމުދިޔަ މީހާއަށް ދައުވާކުރަން ފޮނުވާ، ބަންދުން ދޫކޮށްލައިފި
މާލޭ އެކި މިސްކިތްތަކަށާއި، ރައީސް އޮފީހުގެ ބޭރަށް ކުޑަކަމުދިޔަ މައްސަލާގައި ހައްޔަރުކޮށްފައިހުރި މީހާގެ މައްޗަށް ދައުވާކުރަން ފީޖީ އޮފީހަށް ފޮނުވުމަށްފަހު ބަންދުން ދޫކޮށްލައިފި އެވެ.
Advertisement

ފުލުހުން "ސީއެންއެމް"އަށް ބުނީ އޭނާގެ މައްޗަށް ދައުވާކޮށްދިނުމަށް އެދި ޕީޖީ އޮފީހަށް ފޮނުވީ މި ހަފްތާގެ 24 ވީ އާދިއްތަ ދުވަހު ކަމަށެވެ. އަދި ބަންދުން ދޫކޮށްލީ 25ވީ ހޯމަ ދުވަހު ކަމަށެވެ.

އިސްލާމީ މަރުކަޒުގައި ނަމާދު ކުރަމުންދިޔަ ވަގުތެއްގައި އެމިސްކިތައް ވަދެ ގިބުލައަށް ވާގޮތަށް އިމާމު ކުރިމައްޗަށް ކުޑަކަމު ދިޔުމުގެ އިތުރުން މީހުން ނަމާދަށް ތިބި ވަގުތުގައި ހުކުރު މިސްކިތަށް ވަދެ އެ މިސްކިތަށާއި، އަދި ރައީސް އޮފީހުގެ ބޭރަށް ވެސް އޭނާ ވަނީ ކުޑަކަމު ގޮސްފަ ކަމަށް ވެއެވެ. 

އެ މައްސަލާގައި މި މަހުގެ ތިން ވަނަ ދުވަހު ހައްޔަރުކޮށްފައި ވަނީ އުމުރުން 40 އަހަރުގެ މ. ޝޭޑީހޯމް، ހަސަން ޒިޔާދު ނަމަަކަށް ކިޔާ މީހެކެވެ.

އޭނާ މިހާރު ދޫކޮށްލާފައިވާއިރު މިމަަހުގެ 11 ވަނަ ދުވަހު އޭނާގެ ބަންދުގެ މުއްދަތު އިތުރު ކުރަން ކްރިމިނަލް ކޯޓަށް ހާޒިރުކުރުމުން އޭނާގެ ބަންދަށް 10 ދުވަސް ޖެހިއެވެ. 

ބައެއް ނޫސްތަކުން ރިޕޯޓުކޮށްފައިވާގޮތުގައި އެދުވަހުގެ އަޑުއެހުމުގައި ފުލުހުން ވަނީ އޭނާ ދޫކޮށްލައިފި ނަމަ މުޖުތަމައުއަށް ނުރައްކަލެއް އޮވެދާނެ ކަމަށް ބެލެވޭ ކަމަށާއި، މުޖުތަމައުގެ ފަރާތުން އޭނާއަށް ވެސް ނުރައްކަލެއް ކުރިމަތިވެދާނެތީ ޝަރުތަކާއިއެކުވެސް ބަންދުން ދޫނުކޮށްލުމަށް އެދިފައެވެ. 

އޭގެ އިތުރުން، އޭނާގެ ނަފްސާނީ ބައްޔެއް ހުރިތޯ ބެލުމުގެ މަސައްކަތް ވެސް ކުރަމުން އަންނައިރު، އޭނާގެ އާއިލާގެ ފަރާތުން ވެސް އޭނާއަށް އެއްބާރުލުން ދޭން ބޭނުން ނުވާ ކަމަށް ފުލުހުން އެދުވަހު ބުނެފައިވާކަމަށް ރިޕޯޓުކޮށްފައިވެއެވެ.

އެހެންކަމުން ޝަރުތުކޮށްފައި ވެސް އޭނާ ދޫކޮށްލަން ފުލުހުން ދެކޮޅު ހަދާފައިވާކަމަށް ވެއެވެ. އޭނާގެ ބަންދަށް 10 ދުވަސް އެދުވަހު ޖެހީ އެކަންކަމަށް ރިއާޔަތް ކުރުމަށްފަހު ކަމަށްވެއެވެ.

ނަމަވެސް ފުލުހުން މިއަދު ސީއެންއެމްއަށް ބުނީ އެކަހަލަ އެއްވެސް އެއްޗެއް ކޯޓުގައި ފުލުހުން ބުނެފައި ނުވާނެ ކަމަށެވެ. އަދި އެމީހާއަކީ ނުރައްކަލެއް އޮތް މީހެއް ކަމަށްވެސް ބުނެފައި ނުވާނެ ކަމަށް ފުލުހުން ބުނެއެވެ. 

އެމީހާގެ މައްސަލަ ފެންމަތިވުމުން ފުލުހުން އެންމެ ފުރަތަމަ ބުނެފައިވަނީ އެއީ ނުކުޅެދުންތެރިކަން ހުންނަ މީހެއް ކަމަށެވެ. އަދި ބަންދުގެ މުއްދަތު ޖެހުމުގެ އަޑުއެހުމުގައި ފުލުހުން ވަނީ އޭނާގެ ނަފްސާނީ ބައްޔެއް ހުރިތޯ ބެލުމުގެ މަސައްކަތް ވެސް ކުރަމުން އަންނަ ކަމަށް ބުނެފައެވެ. 

އެކަމާއި ގުޅޭގޮތުން ސުވާލުކުރުމުން ފުލުހުން ބުނީ އެކަމުގެ ތަފްސީލްތައް ސާފުކުރުމަށްފަހު ހިއްސާކުރާނެ ކަމަށެވެ. ނަމަވެސް އަދި އެކަމާއި ގުޅޭގޮތުން ވަކި އެއްޗެއް ފުލުހުންގެ ފަރާތުން ބުނެފައެއް ނުވެއެވެ. 

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް