ads
ބިން ހަވާލު ކުރުމުގެ އެއްބަސްވުމަށްފަހު
ހުޅުމާލެއިން، ޑްރައިވިން ލައިސެންސް ނެގުމަށް ދުއްވާނެ ބިން މިނިސްޓްރީއާ ހަވާލުކޮށްފި
ޑްރައިވިންގ ލައިސަންސް ނެގުމަށް ބޭނުންކުރާނެ ސަރަހައްދެއް ގާއިމުކުރުމަށް މިނިސްޓްރީ އޮފް ޓްރާންސްޕޯޓް އެންޑް ސިވިލް އޭވިއޭޝަނަށް ބިމެއް ކަނޑައެޅުމަށް މިއަދު ވަނީ އެއްބަސްވުމެއްގައި ސޮއިކޮށްފި އެވެ.

ހުޅުމާލޭ ފޭސް 1 ލޮޓް ނަމްބަރު 10909 ގައި ކަނޑައެޅިފައިވާ ސަރަހައްދަކީ ޖުމްލަ 20،163.58 އަކަފޫޓުގެ ބިމެކެވެ.

މިކަމަށް މިއަދު ބޭއްވުނު ހާއްސަ ރަސްމިއްޔާތުގައި މިނިސްޓްރީ އޮފް ޓްރާންސްޕޯޓް އެންޑް ސިވިލް އޭވިއޭޝަންގެ ފަރާތުން އެއްބަސްވުމުގައި ސޮއިކުރެއްވީ މިނިސްޓަރ އައިޝަތު ނަހުލާއެވެ. އަދި އެޗް.ޑީ.ސީގެ ފަރާތުން ސޮއި ކުރެއްވީ މި ކުންފުނީގެ މެނޭޖިންގ ޑިރެކްޓަރު ސުހައިލް އަހުމަދެވެ.

ސޮއިކުރެއްވުމަށް ފަހު ވާހަކަފުޅުދައްކަވަމުން މިނިސްޓަރު ވަނީ މިހާރު ލައިސަންސް ނެގުމަށް ބޭނުންކުރަމުންދާ ސަރަހައްދު ތަކުގައި ގިނަ ދަތިތަކެއް ހުރި ކަމަށާއި ހުޅުމާލޭގައި ގާއިމުކުރެވިގެންދާ މި ސަރަހައްދުން މި ހުރިހާ ކަމަކަށްވެސް ހައްލުތަކެއް ލިބިގެންދާނެކަން ފާހަގަ ކުރައްވާފައެވެ. ހުޅުމާލެ ފޭސް 1 ގައި ހިންގަމުންދާ ޕޯޓް އާއި ޖެހިގެން އޮންނަ މިބިމުގައި ކުރިއަށް އޮތް މަހެއްހާ ދުވަހުގެ ތެރޭގައި ޓެސްޓުތައް ހެދުމުގެ ކަންކަން ހަމަޖެހިގެންދާނެއެވެ.

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް