ads
ހުކުރު މިސްކިތުގައި އަލިފާން ރޯވެފައިވަނީ ކަރަންޓު ސޯޓެއް ވެގެން———
މާލޭ ހުކުރު މިސްކިތުގައި އަލިފާނުގެ ހާދިސާއެއް: މިސްކިތް ބަންދުކޮށްފި
މާލޭ ހުކުރު މިސްކިތުގައި މިރޭ ހިނގި އަލިފާނުގެ ހާދިސާއަކާއި ގުޅިގެން އެމިސްކިތް ވަގުތީ ގޮތުން ބަންދުކޮށްފި އެވެ.
Advertisement

މި ހާދިސާ ހިނގާފައިވަނީ މިރޭ 20:50 ހާއިރު ކަރަންޓު ސޯޓެއް ވުމުގެ ސަބަބުން ފަންކާއެއްގައި ރޯވެގެންނެވެ. މި ހާދިސާގައި އެއްވެސް މީހަކަށް ގެއްލުމެއް ވެފައި ނުވިނަމަވެސް، މިސްކިތުގެ ހިރިގަލަށާއި މަތިވަޑާންގަނޑަށް ވަނީ ކޮންމެވެސް ވަރެއްގެ ގެއްލުންތަކެއް ވަނީ ލިބިފައެވެ.

ހެރިޓޭޖު މިނިސްޓްރީން ބުނީ މިސްކިތް ވަގުތީގޮތުން ބަންދުކުރަން ނިންމީ މިހާރުން ފެށިގެން ތަނުގެ ކަރަންޓު ވަޔަރިން ހުރި ހާލަތު ބަލައި ތަން ބޭނުންކުރުން ރައްކާތެރިކަން ކަށަވަރުކުރެވެންދެން ކަމަށެވެ. އަދި މިސްކިތުގެ ރައްކާތެރިކަން ކަށަވަރުކުރުމަށްފަހު ވީ އެންމެ އަވަހަކަށް މިސްކިތް އަލުން ހުޅުވާލާނެކަމުގެ ޔަޤީންކަން ވަނީ އަރުވާފައެވެ. 

"މިސްކިތް ބޭނުންކުރާ ރައްޔިތުންގެ ސަލާމަތާއި ރައްކާތެރިކަން ކަށަވަރުކުރުމާއި، ދުނިޔޭގެ ތަރިކައިގެ ވަގުތީ ލިސްޓުގައި ދަފްތަރު ކުރެވިފައިވާ މި މިސްކިތުގެ އިމާރާތް ރައްކާތެރިކުރުމަކީ މި މަރުކަޒުގެ ޒިންމާއެއް ކަމުން، މި މަރުޒާއި މާލޭ ސިޓީ ކައުންސިލް އަދި މިނިސްޓްރީ އޮފް އިސްލާމިކް އެފެއާޒްއިން މަޝްވަރާ ކުރުމަށްފަހު، މިހާރުން ފެށިގެން ތަނުގެ ކަރަންޓު ވަޔަރިން ހުރި ހާލަތު ބަލައި ތަން ބޭނުންކުރުން ރައްކާތެރިކަން ކަށަވަރުކުރެވެންދެން ވަގުތީ ގޮތުން މާލޭ ހުކުރު މިސްކިތް އާންމުންނަށް ބަންދުކުރުމަށް ނިންމާފައި ވަނީ" މިނިސްޓްރީން ބުނެއެވެ.

your imageއަލިފާނުގެ ހާދިސާގައި ކޮންމެވެސް ވަރަކަށް މިސްކިތަށް ވަނީ ގެއްލުން ވެފަ——

މާލެ ހުކުރު މިސްކިތުގެ މަތިވަޑާން ގަޑަށް މިހާރު ވަނީ 200 ވުރެ ގިނަ އަހަރު ވެފައެވެ. އެތަނުގެ އެންމެ ބޮޑު މަރާމާތެއް އެންމެ ފަހުންކޮށްފައިވަނީ 1986 އިން 1987 އަށެވެ. އެފަހަރު އިންޑިއާގެ ތަރިކައާ ސަގާފަތް ރައްކާތެރިކުރުމާ ބެހޭ އިދާރާތަކުގެ ޓީމަކާއި ރާއްޖޭގެ ޓީމަކާއި ގުޅިގެން އޭރުގައި ފަނި ބޮއިފައި ހުރި ބެރިތައް ފިލްކޮށް، މިސްކިތުގެ މަތިވަޑާންގަޑަށް ވަރަށް ބައިވަރު ޓްރީޓްމެންޓްތަކެއް ދީފައިވެއެވެ.

މާލެ ހުކުރު މިސްކިތުގެ މަތީ ބެރިތަކުގެ ތެރޭގައި ވަރަށް ބޮޑަށް ކަތުރު ފަނި އަޅާފައިވާކަން ފާހަގަކުރެވުމުން އެ 2019 ވަނަ އަހަރުގެ ތެރޭގައިވެސް އެ މިސްކިތް ބަންދުކުރިއެވެ. އެކަން ރަނގަޅު ކުރުމަށް ފަހު މިސްކިތް އަލުން ހުޅުވާލީ 2020ވަނަ އަހަރުގެ އޮކްޓޫބަރު އެއްވަނަ ދުވަހުއެވެ.

މިސްކިތް ހުޅުވާލުމުގެ ކުރިން ހެރިޓޭޖް މިނިސްޓްރީން ވަނީ، މިސްކިތުގެ އާބާތުރަ ފިލުވުމުގެ މަސައްކަތް ކޮށްފައެވެ. އެގޮތުން ކަތުރުފަނި އެޅުމުގެ ސަބަބުން ގެއްލުންވެފައިވާ ލަކުޑިތަކާއި ހިރިގަލަށް ދޭން ޖެހޭ ޓްރީޓްމެންޓްތައް ދިނުމާއި، މިސްކިތުގެ ކާޕެޓް ނަގާ ކޮވިޑްގެ ހާލަތާއި ގުޅިގެން ރައްކާތެރިކޮށް ސާފުކުރެވޭ ފްލޯރިންނަކަށް ފްލޯރިން ބަދަލުކުރުމާއި، އަދި ގޯތިތެރެއަށް ވެލިލާ މިސްކިތުގައި ކުރަންހުރި މުހިންމު މަރާމާތުތައް ވަނީ ކޮށްފައެވެ.  

0%
ކަމުގޮސްފި
80%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
20%
ވަރަށް ސަލާމް
ކޮމެންޓްސް