ads
ރޮނާލްޑޯ އާއި ލޯބިވެރިޔާ ޖޯޖިޔާ ރޮޑްރިގޭޒް
ރޮނާލްޑޯއަށް އެއްމާބަނޑު ދެ ދަރިން ލިބެނީ
މެންޗެސްޓާ ޔުނައިޓެޑްގެ ފޯވާޑް ކްރިސްޓިއާނޯ ރޮނާލްޑޯ އަށް އެއްމާބަނޑު ދެ ދަރިން ލިބެން އުޅޭކަން ހާމަކޮށްފި އެވެ.
Advertisement

އުމުރުން 36 އަހަރުގެ ރޮނާލްޑޯގެ ހަތަރު ދަރިން މިހާރުވެސް ތިބެއެވެ.

އެއްމާނޑު ދެ ދަރިންނަށް ލޯބިވެރިޔާ ޖޯޖިއާ ރޮޑްރިގޭޒް ބަނޑުބޮޑުކަން ރޮނާލްޑޯ ހާމަކޮށްފައިވަނީ އޭނާގެ އިންސްޓަގްރާމްގައި ހިއްސާކުރި ޕޯސްޓެއްގައެވެ.

އެ ޕޯސްޓުގައި ބުނީ އެއް މާބަނޑު ދެދަރިންނަށް އިންތިޒާރުކުރާ ކަމަށެވެ. އަދި ދެމީހުންގެ ހިތް ލޯބިން ފުރިފައިވާކަމަށް ބުނެފައިވެއެވެ. ދަރިން ދެކެން ކެތްމަދުވެފައިވާކަމަށް ރޮނާލްޑޯ ބުނެއެވެ.

ރޮނާލްޑޯއާއި ޖޯޖިއާއަށް މީގެ ކުރިން ވެސް އެކީ ދަރިއެއް ލިބިފައިވެ އެވެ. އެއީ އަލާނާ މާޓިނާ ކިޔާ އަންހެން ކުއްޖެކެވެ. 

ޖޯޖިއާ އާ ގުޅުމުގެ ކުރިން ރޮނާލްޑޯއަށް ސަރޮގެސީ މެދުވެރިިކޮށް އެއްމާބަނޑު ދެ ދަރިން ލިބިފައިވެއެވެ. 

އަދި ނަން ހާމަކުރަން ބޭނުންނުވާ އަންހެނަކާ އެކީގައިވެސް ދަރިއަކު ލިބިފައިވާކަމަށް ރޮނާލްޑޯ ހާމަކޮށްފައިވެއެވެ. 

ރޮނާލްޑޯގެ އެންމެ ދޮށީ ދަރި ރޮނާލްޑޯ ޖޫނިއާ އަންނަނީ ބައްޕައާ އެެއްގޮތައް ފުޓްބޯޅައިގައި ކުރިއަށް ދިއުމުގެ މަސައްކަތް ކުރަމުންނެވެ. އެގޮތުން އޭނާ މިހާރު ގެންދަނީ މެންޗެސްޓާ ޔުނައިޓެޑް ޔޫތު އެކެޑެމީގައި ތަމްރީންތައް ހަދަމުންނެވެ. 

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
100%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް