ads
އާދިއްތަ ދުވަހު ކުރިއަށް ދިޔަ ކްރިކެޓް ވޯލްޑްކަޕްގެ ފައިނަލް މެޗުގެ ތެރެއިން-
ޕާކިސްތާން ޓީމުގެ ކާމިޔާބީ ފާހަގަކުރި މުސްލިމުން އިންޑިއާއިން ހައްޔަރުކޮށްފި
ނިމިދިޔަ ޓީ20 ކްރިކެޓް ވޯލްޑްކަޕްގައި އިންޑިއާ މައްޗަށް ޕާކިސްތާން ޓީމުން ހޯދި ކާމިޔާބީ ފާހަގަކުރި ކަޝްމީރު މުސްލިމުން އިންޑިއާއިން ހައްޔަރުކޮށްފި އެެވެ.

އާދިއްތަ ދުވަހު އިންޑިއާގެ ފުލުހުން ވަނީ އިންޑިއާގެ މައްޗަށް ޕާކިސްތާން މޮޅުވުން ފާހަގަކުރި ކަޝްމީރުގެ ތިން މުސްލިމުން ހައްޔަރުކޮށްފައެވެ. 

އެ ފަހުން ބުދަ ދުވަހު އިންޑިއާގެ އުއްތަރު ޕްރެދޭޝްގެ ފުލުހުން ކުރި ޓްވީޓެއްގައި ބުނީ ފަސް މީހަކު މިހާތަނަށް ގައުމާދެކޮޅު ވާހަކަދައްކައި ފެތުރުމުގެ ސަބަބުން ހައްޔަރުކޮށްފައިވާ ކަމަށެވެ. އަދި އެމީހުންގެ ސަބަބުން އަމަންއަމާންކަމަށް ހުރަސް އެޅޭ ކަމަށް ފުލުހުން ބުނެއެވެ. 

އެމީހުން ހައްޔަރުކޮށްފައިވަނި ސައިބާ ޓެރަރިޒަމްގެ ގާނޫނުގެ ދަށުންނެވެ. އަދި ދައުލަތާ ދެކޮޅަށް ކަންކަން ރާވާ ބަގާވަތް ކުރަން އުޅުނު ކަމުގެ ތުހުމަތު އެމީހުންނަށް ކުރެއެވެ. 

ބައާވަތްކުރުމާ ދެކޮޅަށް އެގައުމުގައި އޮންނަ ގާނޫނަކީ އިސްތިއުމާރީ ދުވަސްވަރު އުފެއްދި ގާނޫނެކެވެ. 

ކަޝްމީރުގައި އިންޑިއާ ދެކޮޅު ފިކުރުގެ މީހުން ގިނައެވެ. ހިމާލިޔާ ސަރަހައްދުގައި އޮންނަ ކަޝްމީރަކީ އިންޑިއާ އަދި ޕާކިސްތާނުންވެސް އެ ބިމަކީ އެމީހުންގެ ބައެއް ކަމަށް ދައުވާކުރާ ބިމެކެވެ.

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
100%
ވަރަށް ސަލާމް
ކޮމެންޓްސް