ads
ކުޑަކުދިންގެ ހިޔާ--
ދައުވާ ކުރަން ފޮނުވީ ބިޑި އަޅުވައި ކުދިންނަށް އަނިޔާތަކެއް ދީފައިވާތީ: އެޗްއާރްސީއެމް
ހިޔާގެ މައްސަލާގައި ދައުވާކުރަން ފީޖީ އޮފީހަށް ފޮނުވާފައިވަނީ އެއްވެސް ޒާތީ ތައައްސަބެއް އޮވެގެން ނޫންކަމަށާއި، ހުށަހެޅިފައިވާ ހެއްކަށް ބަލައި ކުދިންތަކަކަށް ޖިސްމާނީ ގޮތުންނާއި ނަފްސާނީ ގޮތުން އަނިޔާތަކެއް ލިބިފައިވާތީ ކަމަށް ހިއުމަން ރައިޓްސް ކޮމިޝަން (އެޗްއާރްސީއެމް)އިން ބުނެފި އެވެ.
Advertisement

އެޗްއާރުސީއެމް އިން ވަނީ ކުރީގެ ޖެންޑާ މިނިސްޓަރު ޒެނީޝާ ޝަހީދު ޒަކީގެ މައްޗަށާއި ފުލުހުންގެ ފެމިލީ އެންޑް ޗައިލްޑް ޕްރޮޓެކްޝަން ޔުނިޓުގެ ވެރިޔާ، ޗީފް ސުޕްރިންޓެންޑެންޓް މުހައްމަދު ބަޝީރު ހިމެނޭ ގޮތުން 30 މީހެއްގެ މައްޗަށް ދައުވާ ކޮށްދިނުމަށް ޕީޖީގައި އެދިފައި ކަމަށް ވެއެވެ.

މިކަމާއި ގުޅިގެން  ޒެނީޝާގެ ފަރާތުން ބަޔާނެއްވެސް ވަނީ ނެރެފައެވެ. އެބަޔާނުގައި އޭނާ ވަނީ އެއްވެސް ޖިނާއީ ކުށެއް ކޮށްފައި ނުވާނެ ކަމަށާއި، އެފަދަ އަމަލެއް ކުރުމަށް އެހީތެރިވެ، ބައިވެރިވެފައި ނުވާނެ ކަމުގެ ޔަގީންކަން ވެސް ދެއްވާފައެވެ. 

ޒެނީޝާއަށް ދައުވާކުރަން ފޮނުވުމާއިއެކު އެ ދައުވާ އަނބުރާ ނެގުމަށް ރައީސް ނަޝީދުވެސް ގޮވާލާފައިވާ ދަނޑިވަޅެއްގައި އެޗްއާރްސީއެމްއިން ނެރުނު ބަޔާނުގައި ވަނީ އެޗްއާރްސީއެމްގެ ފަރާތުން ދައުވާކޮށްދިނުމަށް އެދުނު މައްސަލައިގެ ތަފްސީލެއް ހާމަކޮށްފައެވެ. 

އެޗްއާރްސީއެމް އިން ބުނީ ދައުވާކޮށްދިނުމަށް އެދުނީ  "ކުޑަކުދިންނަށް ކުރާ އަނިޔާތަކުގެ މައްސަލަތައް ބަލާ ކޮމިޝަން" އިން ބެއްލެވުމަށްފަހު އެކޮމިޝަނުގެ ސަމާލުކަމަށް ގެނެސްފައިވާ "ކުޑަކުދިންގެ ހިޔާ" ގައި ބައިތިއްބާފައި ތިބި ކުޑަކުދިންތަކަކާ ގުޅުންހުރި އަނިޔާގެ މައްސަލަތަކެއްގައި ކަމަށެވެ. 

އެންޓި ޓޯޗަ ޤާނޫނުގެ ދަށުން އެމައްސަލަ ތަހުގީގުކޮށް، އެމައްސަލަތަކުގެ ލިޔުންތައް އެ ކޮމިޝަނާއި ހިއްއްސާކުރުމާއެކު، ދައުވާ ކުރުމާމެދު ވަކި ގޮތެއް ނިންމުމަށްޓަކައި، ޕްރޮސިކިއުޓަ ޖެނެރަލްގެ އޮފީހަށް ކޮމިޝަނުން ހުށަހަޅާފައިވާ ކަމަށް ބުނެފައިވެއެވެ.

"ކުޑަކުދިންނަށް ކުރާ އަނިޔާތަކުގެ މައްސަލަތައް ބަލާ ކޮމިޝަން" އިން އެކޮމިޝަނަށް ފޮނުވާފައިވާ މައްސަލައިގެ ތަފްސީލު ހާމަކުރަމުން އެބަޔާނުގައި ބުނީ ހުށަހަޅާފައިވަނީ 2017 ވަނަ އަހަރު "ކުޑަކުދިންގެ ހިޔާ" ގައި ބައިތިއްބާފައިވާ ކުޑަކުދިންތަކަކަށް ހިންގި ހަރަކާތްތަކެއްގައި، އެމުއައްސަސާތަކުގެ ބައެއް މުވައްޒަފުން އެކުދިންނާ ހަޑިހުތުރު ބަހުން މުއާމަލާތުކޮށް، ބައެއް ކުޑަކުދިން ބިޑި އަޅުވައި، ޖިސްމާނީ އަދި ނަފްސާނީ އަނިޔާތަކެއް ދީފައިވާކަމަށް ތުހުމަތުކޮށް ހުށަހަޅާފައިވާ މައްސަލަތަކެއް ކަމަށެވެ.

އެ ކޮމިޝަނުން ބުނީ މައްސަލަތަކުގައި ގޮތް ނިންމަނީ ހަމައެކަނި ކުރިމަތީގައިވާ ހެކީގެ މައްޗަށް ބުރަވެ، އިންސާފުވެރިކަމާއި، އަދުލުވެރިކަމާ އަދި ނަޒާހާތްތެރިކަމާއެކު ކަމަށެވެ. އަދި އެއްވެސް މައްސަލައެއް ތަހުގީގުކުރުމުގައި، އެއްވެސް ފަރާތަކާމެދު ޒާތީ ތައައްސުބެއް ނޯންނާނޭކަމުގެ ފުރިހަމަ ޔަގީންކަންވެސް އެކޮމިޝަނުން އަރުވައެވެ.

“ހަމައެހެންމެ، އެންޓި ޓޯޗަ ޤާނޫނުގެ ދަށުން މިކޮމިޝަނުގެ ފަރާތުން ތަހުގީގުކޮށް ޕްރޮސިކިއުޓަ ޖެނެރަލްގެ އޮފީހަށް ހުށަހަޅާފައިވާ މައްސަލަތަކާ ގުޅޭގޮތުން މީޑިއާތަކުން އެދިގެން މިކޮމިޝަނުން މިހާތަނަށް ފޯރުކޮށްދީފައިވާ އެއްވެސް މަޢުލޫމާތެއްގައި އެއްވެސް ފަރާތެއްގެ ނަމެއް ނުވަތަ ޒާތީ މައުލޫމާތެއްވެސް ހާމަކޮށްފައި ނުވާނެއެވެ” އެޗްއާރްސީއެމްއިން ބުނެފައިވެެެއެވެ.

އެންޓި ޓޯޗަ ޤާނޫނުން އަނިޔާކުރުމާއި ރަހުމްކުޑަ އަމަލު ހިންގުމާއި، ލާއިންސާނީ އަމަލު ހިންގުމާއި، އިހާނެތި އަމަލު ހިންގުމާއި، އިންސާނީ ކަރާމާތް ގެއްލޭފަދަ އަދަބުދިނުމާ ދެކޮޅަށް މަސައްކަތްކުރުމާއި، އެކަންކަން ދިވެހިރާއްޖޭގައި ހިނގިޔަ ނުދިނުމަށްޓަކައި ކުރަންޖެހޭ ކަންކަންކުރުމާއި، އެޤާނޫނުގެ ދަށުން ކުށްކަމުގައި ކަނޑައަޅާފައިވާ އަމަލުތައް ރާއްޖޭގައި ހިނގިޔަ ނުދިނުމަށްޓަކައި ސީދާގޮތުންނާއި ނުސީދާގޮތުން އަޅަންޖެހޭ ފިޔަވަޅުތައް އެޅުމުގެ ޤާނޫނީ ޒިންމާވަނީ އެޤާނޫނުގެ ދަށުން އެޗްއާރްސީއެމްގެ މައްޗަށް މަތިކޮށްފައި ކަމަށް ބަޔާނުގައި ބުނެފައިވެއެވެ.

އެޗްއާރްސީއެމްއިން ދައުވާކޮށްދިނުމަށް އެދި ޕީޖީ އޮފީހަށް ފޮނުވުމުން ޒެނީޝާ ނެރެފައިވާ ބަޔާނުގައި ބުނެފައިވަނީ މުޅި މައްސަލައަކީ ޒާތީ ތައައްސުބެއްގެ މައްޗަށް އުފަައްދާފައިވާ ހަގީގަތެެއް ނެތް މައްސަލައެއް ކަމަށާއި އެފަދަ އެއްވެސް ކަމެއް ކޮށްފައި ނުވާނެ ކަމަށެވެ.

50%
ކަމުގޮސްފި
50%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް