ads
ބާރ 2000 ފަރަމަންތާ ޗެލެންޖް ފެށުމުގެ ރަސްމިއްޔާތު: ފޮޓޯ: ރައީސް އޮފީސް
"ބާ 2000 ފަރަމަންތާ ޗެލެންޖް" ފަށައިފި
"ބާރ 2000 ފަރަމަންތާ ޗެލެންޖް 2021" ހަރަކާތް ފަށައިފިއެވެ.

މި ހަރަކާތް ފައްޓަވައިދެއްވީ، ރައީސުލްޖުމްހޫރިއްޔާގެ އަނބިކަނބަލުން ފަޒްނާ އަހުމަދެވެ. 

މި ޙަރަކާތް ކުރިއަށްދިޔައީ މިއަދު ހެނދުނު ރަސްފަންނު ބީޗުގައެވެ. މި ޙަރަކާތް ފަށްޓަވައިދެއްވުމަަށްފަހު ރައީސުލްޖުމްހޫރިއްޔާގެ އަނބިކަނބަލުން ވަނީ ފުރަތަމަ ދަންފަޅީގެ އެކި ގްރޫޕްތަކުން ބައިވެރިވި ފެތުންތެރިންގެ ތެރެއިން އެއްވަނަ ދެވަނަ އަދި ތިންވަނަ ޙާޞިލުކުރެއްވި ޓީމުތަކާއި ފެތުންތެރިންނަށް އިނާމު ޙަވާލުކޮށްދެއްވާފައެވެ.

ބާރ2000 ފަރަމަންތާ ޗެލެންޖް 2021އަކީ އޯޕަން ވޯޓަރ ސްވިމިންގ، ސަރފިންގ އަދި ބޮޑީ ބޯޑިންގ މުބާރާތްތައް ހިމެނޭ ގޮތަށް އެކުއަޓިކް މަލްޓި-ސްޕޯޓް ޗެލެންޖެކެވެ. މި ޙަރަކާތަކީ އެޗް.އެސް.ސީ މޯލްޑިވްސް ޕްރައިވެޓް ލިމިޓެޑް އިން އިމްޕޯޓްކޮށް ޑިސްޓްރިބިއުޓް ކުރާ ޕްރިމިއަރ ކޮފީ ބޮރޭންޑް ބާރ2000 އިލެގީ އިން ޚަރަދުކޮށް އިންތިޒާމްކޮށްގެން ކުރިއަށްގެންދާ ޙަރަކާތެކެވެ. މި ޚަރަކާތުގައި އަންހެން އަދި ފިރިހެން ބައިވެރިން އެކި ކެޓެގަރީތަކުން ބައިވެރިވެއެވެ.

މި ޙަރަކާތުގެ ތެރެއިން އޯޕަން ވޯޓަރ ސްވިމިންގ ފަށާފައިވަނީ ރަސްފަންނު ފަރުންނެވެ. އަދި ސަރފިންގ އަދި ބޮޑީ ބޯޑިންގ ފަށާފައިވަނީ ވަރުނުލާ ރާޅުގަނޑު ސަރަޙައްދުންނެވެ.

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް