ފުލުހުން ބުނީ ނޭޕާލަށް ނިސްބަތްވާ 39 އަހަރުގެ ފިރިހެނެއް މޫދަށް އެރި އުޅެނިކޮށް ގެނބިގެން ވިލިމާލެ ހޮސްޕިޓަލަށް ގެންގޮސްފައިވާ ކަމުގެ މައުލޫމާތު މިއަދު ހަވީރު 17:41 ހާއިރު ލިބިފައިވާ ކަމަށެވެ.
އެމީހާ ސަލަމަތް ކުރީ އެ ސަރަހައްދުގައި އުޅުނު ފުލުހެއް ކަމަށްވެސް ފުލުހުން ވަނީ ބުނެފައެވެ.
އެ ފިރިހެން މީހާ ވިލިމާލެ ބޯޓް ޔާޑް ސަރަހައްދު ކަނޑުން ނަގައިގެން އެ ސަރަހައްދުން ދިޔަ ލޯންޗަކަށް އަރުވައިގެން ފަރުވާ ދިނުމަށް ގެންދެވުނު ކަމަށް ވެސް ފުލުހުން ބުންޏެވެ.
އެމީހާގެ ހާލު މިހާރު ރަނގަޅު ކަމަށް ސީއެންއެމް އަށް ވަނީ މައުލޫމާތު ލިބިފައެވެ.