ads
ގައުމީ ކެޕްޓަން އުއްޗުއާ އެކު
ގައުމީ ޓީމަށް އުއްޗުގެ ބޮޑު ހަދިޔާއެއް
ގައުމީ ފުޓްބޯޅަ ޓީމަށް މަޝްހޫރު ވިޔަފާރިވެރިޔާ މުހައްމަދު މޫސާ- އުއްޗުގެ ބޮޑު ހަދިޔާއެއް ދެއްވައިފިއެވެ.

ގައުމީ ޓީމަށް އުއްޗު ދެއްވި ހަދިޔާއަކީ، އުއްޗުގެ ރިސޯޓެއް ކަމަށްވާ ކުރެއްދޫ ރިސޯޓްގައި ހުކުރު ދުވަހު ހަވީރު ކުޅުނު އެގްޒިބިޝަން މެޗުން ގައުމީ ޓީމު މޮޅުވުމުން ދެއްވި ހަދިޔާއެވެ. މި މެޗުން ގައުމީ ޓީމު މޮޅުވީ ހަތް ލަނޑު އެއް ލަނޑުންނެވެ.

އުއްޗުގެ ދައުވަތަކަށް ކުޅުނު މި މެޗުގެ އަގަކީ އަގަކީ 1.2 މިލިއަން ރުފިޔާ އެވެ. މިއީ މި ފަހުން ރާއްޖޭގައި ކުޅުނު އެންމެ އަގު ބޮޑު މެޗެވެ. މި މެޗުން މޮޅުވި ޓީމަށް އުއްޗުގެ ފަރާތުން ފަސް ލައްކަ ރުފިޔާ ދެއްވިއިރު، އެހެން ބައެއް ސްޕޮންސަރުންގެ ފަރާތުންވެސް ފައިސާގެ އިނާމު ދިނެވެ. މައުލޫމާތު ލިބިފައިވާ ގޮތުގައި އެފްއޭއެމުން ނިންމާފައިވަނީ މި ފައިސާ ގައުމީ ޓީމުގެ ކުޅުންތެރިންނާއި އޮފިޝަލުންގެ މެދުގައި ހަމަހަމަކޮށް ބަހާލުމަށެވެ.

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
100%
ވަރަށް ސަލާމް
ކޮމެންޓްސް