ads
ބްރިންސްކީ ސޯމާލިއާއަށް ކުރި ދަތުރުގެ ތެރެއިން--
ޑްރިއު ބްރިންސްކީ ދުނިޔޭގެ 197 ގައުމަކަށް ކުރި ދަތުރުތައް ނިންމާލައިފި
މަޝްހޫރު ޔޫޓިއުބާ ޑްރިއު ބްރިންސްކީ ދުނިޔޭގެ ހުރިހާ ގައުމަކަށް ފެށި ދަތުރު ސައުދީ އަރަބިއްޔާއިން ނިންމާލައިފި އެވެ.

މީގެ ދިހަ އަހަރު ކުރިން ދުނިޔޭގެ އެކި ގައުމުތަކަށް އެގައުމުތަކުގެ ސަގާފަތާއި އާދަކާދަތައް އެތައް މިލިއަން މީހުންނަށް ދައްކުވައި ދިނުމުގެ ބޭނުމުގައި ބްރިންސްކީ ފެށި ދަތުރުގައި އެކި ސަބަބުތަކާ ހުރެ ބައެއް ގައުމުތަކަށް ނުދެވި ލަސްވި އެވެ. އޭގެ ތެރޭގައި ބައެއް ގައުމުތަކުގައި ދާހިލީ ހަނގުރާމަތައް ކުރިއަށް ދިޔުމާއި ބައެއް ގައުމުތަކުން އޭނާގެ ވިސާ އެޕްލިކޭޝަން ރިޖެކްޓްކުރުން ވެސް ހިމެނެއެވެ. 

އޮކްޓޯބަރު މަހުގެ 29 ވަނަ ދުވަހުގެ ދަންވަރު 1:31 ހާއިރު ސައުދީ އަރަބިއްޔާއަށް އޭނާ ޒިޔާރަތް ކުރުމުން ދުނިޔޭގެ ހުރިހާ ގައުމުތަކަށް ކުރި ދަތުރުތައް ފުރިހަމަވީ އެވެ. 

ހުރިހާ ގައުމުތަކަށް ޒިޔާރަތް ކުރުމުގެ ތެރެއިން ބްރިންސްކީ ވަނީ އެކި ނަސްލުތަކުން އެކި ދީންތަކާއި ސަގާފަތުގެ މީހުންނާއި ބައްދަލުކޮށް އިންޓަވިއު ކޮށްފައެވެ. 

އެގޮތުން ބްރިންސްކީ ވަނީ 2018 ވަނަ އަހަރު ޖޫން މަހު ރާއްޖެ އައިސް އޭނާގެ ޔޫޓިއުބް ޗެނަލްގައި ރާޢްޖޭގެ ވާހަކަތައްވެސް ހިއްސާކޮށްފައެވެ. 

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
100%
ވަރަށް ސަލާމް
ކޮމެންޓްސް