ads
ވޯލްޑްކަޕް މެޗެއްގެ ތެރެއިން ވިރާޓް ކޯލީ އާއި މުހައްމަދު ޝާމީ—
އިންޑިއާ ބަލިވުމުން ފުރައްސާރަ އާ ކުރިމަތިވި ޝާމީގެ ދިފާއުގައި ވިރާޓް
ނިމިދިޔަ ޓީ-20 ކްރިކެޓް ވޯލްޑްކަޕްގައި ޕާކިސްތާނާ ވާދަކޮށް އިންޑިއާ ބަލިވުމުން އެންމެ ބޮޑު ފާޑުކިޔުމެއް އަމާޒުވެފައިވަނީ އެ ޓީމުގެ މުސްލިމް ކުޅުންތެރިއެއް ކަމަށްވާ މުހައްމަދު ޝާމީއަށެވެ.

މި ދިޔަ އާދިއްތަ ދުވަހުން ފެށިގެން އެކިދުވަސް ދުވަހު ސޯޝަލް މީޑިއާގައި އެތައް ހާސް މީހުންނެއް ވަނީ ޝާމީއަށް ފުރައްސާރަކޮށް ޕޯސްޓްކޮށްފަ އެވެ.

ޝާމީއަށް ފާޑުކީ ގިނަ މީހުން އޭނާއާ ދިމާކޮށްފައި ވަނީ ދީނާ ގުޅުވައިގެންނެވެ.

އެކަމާ ގުޅިންގެ އިންޑިއާ ކްރިކެޓް ޓީމުގެ ކެޕްޓަން ވިރާޓް ކޯލީ ވަނީ ބަޔާނެއް ނެރެފަ އެވެ. 

ބަޔާނުގައި ބުނީ ދީނާ ގުޅުވައިގެން މީހަކަށް ފުރައްސާރަކުރުމަކީ އިންސާނަކަށްވެ ހުރެ އޭނާއަށް ފެނުނު “އެންމެ ތާކުންތާކު ނުޖެހޭކަން” ކަމަށެވެ.

your imageވިރާޓް ކޯލީ އިންޑިޢާ ޕާކިސްތާން މެޗުގެ ތެރެއިން—

ޝާމީގެ ސަބަބުން އެތައް މެޗަކުން އިންޑިއާ މޮޅުވިކަން ފާހަގަކޮށް ވިރާޓް ބުނީ ޝާމީއަށް ފާޑުކިޔާ މީހުން އޭނާ ހޯދައިދިން ކާމިޔާބީ ތަކަށް ވެސް ބަލަން ޖެހޭނެ ކަމަށެވެ. 

ވިރާޓްގެ ސްޓޭޓްމެންޓަށް ބޮލީވުޑްގެ ބައެއް ތަރިންވެސް ވަނީ ތާއީދުކޮށް ވާހަކަ ދައްކާފަ އެވެ. އޭގެ ތެރޭގައި ސޯނަމް ކަޕޫރު، އިޝާން ކައްޓާރު، އަންދު އަހޫޖާ، ފަރްހާން އަހްތަރު ހިމެނެ އެވެ. 

33%
ކަމުގޮސްފި
67%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް