ads
ފިނޭންސް މިނިސްޓަރު އިބްރާހީމް އަމީރު--
އަންނަ އަހަރުގެ ބަޖެކީ ލާމަރުކަޒު ކުރުމާއި، ތަރައްގީ އަށް އޮތް ފުރުސަތެއް
އަންނަ އަހަރުގެ ބަޖެޓުން ދައުލަތުގެ ޚިދުމަތްތައް ލާމަރުކަޒުކުރުމާއި ސަރަހައްދީ ކުރިއެރުމަށް ފުރުސަތު ހޯދައިދޭނެ ކަމށް ފިނޭންސް މިނިސްތަރު އިބްރާހީމް އަމީރު ވިދާޅުވެއްޖެއެވެ.

"އަޅުގަނޑުމެން 2022 ވަނަ އަހަރުގެ ބަޖެޓު އެކުލަވާލާފައިވާނީ މި ވިސްނުންތަކުގެ ތެރެއިން، މި އަމާޒުތައް ހާސިލުކުރުމަށް. މިއީ އިޤުތިސާދުގެ މުސްތަޤްބަލު ބައްޓަން ކޮށްދީ، ފިސްކަލް އަދި ދަރަނީގެ ހާލަތު ދެމެހެއްޓެނިވި މިންގަނޑުތަކެއްގައި ބެހެއްޓުމަށް މަސައްކަތްކޮށްދޭނެ ބަޖެޓެއް" ފިނޭންސް މިނިސްޓަރު އިބްރާހީމް އަމީރު ވިދާޅުވިއެވެ. 

މިނިސްޓަރު ވިދާޅުވީ މި ބަޖެޓަކީ މެދުރާސްތާގައި ފުދުންތެރި ދައުލަތެއް ބިނާކޮށް، ކޮވިޑް-19ގެ ގެއްލުންތަކުން އަރައިގަނެ، އިޤްތިސާދީ ކުރިއެރުން މަތިކޮށް، އިޤުތިސާދު ފުޅާ ކޮށްދޭނެ ބަޖެޓެއް ކަމަށެވެ. އޭގެ އިތުރުން އަސާސީ ޚިދުމަތްތަކުގެ ފެންވަރު ރަނގަޅުކޮށް، މިއަދު މި ހުށަހެޅޭ ބަޖެޓަކީ ރައްޔިތުންނަށް ފާގަތި ދިރިއުޅުމަކަށް މަގު ކޮށައިދޭނެ ބަޖެޓެއް ކަމަށްވެސް މިނިސްޓަރު ވިދާޅުިއެވެ. 

2022 ވަނަ އަހަރުގެ ބަޖެޓާއެކު ސަރުކާރުގެ ވަޢުދުތައް ފުއްދުމަށް ބޭނުންވާ މަޝްރޫޢުތަކާއި ޕްރޮގްރާމްތަކުގެ 90 އިންސައްތައަށްވުރެ ބޮޑު ބައެއް ވަނީ ބަޖެޓްކުރެވިފައި ކަމަށާއި، މީގެތެރެއިން، މިހާރުވެސް ޖުމްލަ 671 މަޝްރޫޢެއް ނިމިފައިވާއިރު، 497 މަޝްރޫޢެއްގެ ޢަމަލީ މަސައްކަތް ދަނީ ކުރެވެމުން ކަމަށްވެސް މިއަދުގެ ބަޖެޓް ހުށަހަޅުއްވަމުން އަމީރު ވިދާޅުވިއެވެ. 

އަންނަ އަހަރަށް ލަފާކޮށް ދައުލަތުގެ ބަޖެޓުގެ ގޮތުގައި ހުށަހަޅާފައިވަނީ ޖުމްލަ 36.9 ބިލިއަން ރުފިޔާގެ ބަޖެޓެކެވެ. 

ޚަރަދުގެ ގޮތުގައި ކަނޑައެޅިފައިވާ 34 ބިލިއަން ރުފިޔާ އަދި ދަރަނި ދެއްކުމަށް  2.9 ބިލިއަން ރުފިޔާގެ ބަޖެޓް މިއަދު ހުށަހެޅި ބަޖެތްގައި ކަނޑައަޅާފައި ވެއެވެ. 

މިއަދު ކުރިއަށްދާ ޖަލްސާގައި މިނިސްޓަރު ވިދާޅުވީ 2022 ވަނަ އަހަރު ޖުމުލަ އާމްދަނީ އާއި ހިލޭ އެހީގެ ގޮތުގައި ދައުލަތަށް ލިބޭނެކަމަށް އަންދާޒާ ކުރެވެނީ 24.3 ބިލިއަން ރުފިޔާ ކަމަށެވެ.

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް