ads
މީޑިއާ ނެޓާއި އެޗްޑީސީ އެއްބަސްވުމުގައި ސޮއިކުރުން: މިއެއްބަސް ވުމުގެ ސަބަބަުން ހިޔާ ފްލެޓް އަށް މީޑިއާ ނެޓްގެ ހިދްމަތް ލިބޭނެ
ހިޔާ ފްލެޓް ތަކަށް ފަސޭހަ ކަމާއެކު މީޑިއާނެޓްގެ ހިދުމަތް
އެޗް.ޑީ.ސީ އިން ހުޅުމާލޭގެ ދެވަނަ ފިޔަވަހީގައި ގާއިމުކޮށްފައިވާ އޯޕަން އެކްސެސް ނެޓްވޯކް ބޭނުންކޮށްގެން މީޑިއާނެޓްގެ ހިދުމަތްތައް ދިނުމާއި ގުޅޭ އެއްބަސްވުމެއްގައި އިއްޔެ ސޮއި ކޮށްފިއެވެ.
Advertisement

މި އެއްބަސްވުމުގައި ސޮއިކުރުމާއެކު، ހުޅުމާލޭގެ ދެވަނަ ފިޔަވަހީގައި ދިރިއުޅޭ ރައްޔިތުންނަށް، އަދި ހާއްސަކޮށް ހިޔާފްލެޓްތަކުގައި ދިރިއުޅޭ ފަރާތްތަކަށް މީޑިއާނެޓްގެ ހިދުމަތްތައް ފަސޭހަ އަދި އަވަސްކަމާއެކު ލިބިގެންދާނެއެވެ.

އެޗް.ޑީ.ސީގެ އޯޕެން އެކްސެސް ނެޓްވޯކަކީ ޑިޖިޓަލް އިންފްރާސްޓްރަކްޗަރއެއްގެ މައިގަނޑު ވިއުގައެވެ. މި ނެޓްވޯކްގެ ޒަރީއާއިން އިންޓަނެޓާއި ޓީވީގެ ޚިދުމަތްތައް ފޯރުކޮށްދޭ ފަރާތްތަކަށް އެއް ވިއުގަ އަކުން ޚިދުމަތް ދެވޭނެއެވެ. މިގޮތުން، ޚިދުމަތް ދިނުމަށް ހޭދަވާ ޚަރަދު ކުޑަވެ، ރައްޔިތުންނަށްދެވޭ ޚިދުމަތުގެ އަގު ކުޑަވުމުގެ މަގު ވެސް ފަހިވެގެން ދާނެއެވެ. މީގެ އިތުރުން، ޚިދުމަތް ހޯދާ ފަރާތްތަކަށް އެއްވެސް ދަތިކަމެއް ނެތި، އަވަސްކަމާއެކު ގިނަ ޚިދުމަތްތަކެއް ލިބިގެން ދާނެ ވެސް މެއެވެ.އަދި ޚިދުމަތް ހޯދާ ފަރާތްތަކަށްވެސް  އެއްވެސް ދަތިކަމެއްނެތި އަވަސްކަމާއެކު ގިނަ ޚިދުމަތްތަކެއް ލިބިގެން ދާނެއެވެ. ހަމަ މިއާއެކު  މިފަދަ ޚިދުމަތްތައް ދޭފަރާތްތަކުން އެއްވިއުގައެއް ހިއްސާކުރުމުން ގިނަގިނައިން މަގު ކޮނުން ފަދަ ރައްޔިތުންނަށް ދަތިވާ ކަންކަން މަދު ކުރެވިގެންދާނެ ކަމުގައި މި ފުރުޞަތުގައި ފާހަގަކޮށްލަމެވެ.

 އެޗް.ޑީ.ސީގެ މި ޒަމާނީ ފައިބަރ ވިއުގައިގެ މައްޗަށް ބިނާކުރެވިފައިވާ އިންފްރާސްޓްރަކްޗަރގެ ސަބަބުން އަޅުގަނޑުމެންގެ މުޖުތަމައު ބޭނުންވާފަދަ ޑިޖިޓަލް ކުރިމަގަކަށް ވާސިލުވުމުގެ މަގުފަހިވެގެންދާނެއެވެ. އަދި މީގެ ފައިދާތަކާއި ތަފާތު ލުއިފަސޭހަތައް ހުޅުމާލޭގަ ދިރިއުޅޭ އާންމު ރަޔިތުންނަށާއި، ވިޔަފާރިތަކަށާއި ޓީވީ، އިންޓަރނެޓް، އަދިވެސް މުވާސަލާތީ ޚިދުމަތްތައްދޭ ފަރާތްތަކަށް ލިބިގެންދާނެއެވެ.

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް