އެފަަރާތުން މިއަދު ނެރުނު ބަޔާނެއްގައި ބުނެފައިވަނީ ކަނޑު ދަތުރު ކުރައްވާ އުޅަނދު ފަހަރުގެ އޮޑިވެރިންނާއި ކެޕްޓަނުން މޫސުމާ ބެހޭ އެންމެ ފަހުގެ މައުލޫމާތު ހޯދުމަށް ފަހު ދަތުރުތައް ރޭވުމަށާއި ދަތުރަށް ފުރުމުގެ ކުރިން އަންގަން ޖެހޭ ފަރާތްތަކަށް ދަތުރުގެ މައުލޫމާތު އެންގުމަށާއި އުޅަނދުފަހަރުގައި ލައިފްޖެކެޓާއި މުވާސަލާތީ ނިޒާމާއި ދިޔަ ހިއްކާ ޕަންޕު ފަދަ ތަކެތި ހުރިތޯ ރަނގަޅަށް ޗެކްކުރުމަށް ކޯސްޓުގާޑުން ވަނީ އިލްތިމާސް ކޮށްފައެވެ.
އޭގެ އިތުރުން މުދާ އުފުލާ އުޅަނދު ފަހަރުގައި މުދާ ބަރުކުރާއިރު އޮންނަ ގަވާއިދުތަކަށް އަމަލުކުރުމަށާއި ލައިސަންލުމުގައި ރަނގަޅަށް އައްސާފައި ބެހެއްޓުމަށް ވެސް އެ ބަޔާނުގައި ވަނީ އަންގާފައެވެ.
މީގެ އިތުރުން ވެސް ފަޅު ތެރޭގަ އާއި ފަޅުން ބޭރުގައި އަޅާފައިވާ އޮޑި ދޯނި ފަހަރުތައް ރަނގަޅަށް ބެލެހެއްޓުމަށާއި ދިޔަ ހިއްކުމަށް ވެސް ކޯސްޓު ގާޑުން ވަނީ އިލްތިމާސް ކޮށްފައެވެ.
ކަނޑު ދަތުރުފަތުރު ކުރާ އިރު ލައިފްޖެކެޓް އެޅުން މަޖުބޫރު ކަމެއްގެ ގޮތުގައި ދާދި ފަހުން ކަނޑަ އަޅާފައިވާއިރު ލައިފް ޖެކެޓާއި ނުލާ ދަތުރު ކުރުމަކީ މަނާ ކަމެއްކަން ވަނީ އަންގާފައެވެ.