ads
އަޔުޝްމާން..
އަޔުޝްމާންގެ ”ޑޮކްޓަރ ޖީ“ ރިލީޒްކުރަނީ އަންނަ ޖޫން މަހު!
އަނުބުތީ އާއި ސުމިތު ސަކްސޭނާ އާއި ވިޝާލް ވަގްގެ އިތުރުން ސައުރަބް ބަރާތު ގުޅިގެން ސްކްރީންޕްލޭ ތައްޔާރުކޮށްފައިވާ ”ޑޮކްޓަރ ޖީ“ އަންނަ އަހަރުގެ ޖޫން މަހު ރިލީޒްކުރާ ގޮތަށް ނިންމައިފިއެވެ.

ހަބަރުތައް ބުނާ ގޮތުގައި އެ ފިލްމު ސްކްރީން ތަކަށް ގެންނަން ނިންމާފައިވަނީ އަންނަ އަހަރުގެ ޖޫން މަހުގެ 17 ވަނަ ދުވަހުއެވެ.

"ޑޮކްޓަރު ޖީ" ގެ ލީޑު ރޯލުން ފެންނާނީ އަޔުޝްމާން ކުރާނާ އެވެ. އެ ފިލްމުގައި އޭނާ ކުޅެނީ އަންހެނުންނަށް ހާއްސަ ޑޮކްޓަރެއްގެ ރޯލެވެ.

އޭނާ އާއެކު އެ ފިލްމުގެ މުހިއްމު ރޯލުތަކުން ފެންނާނީ ރަކުލް ޕްރީތު ސިން އާއި ޝެފާލީ ޝާހް ފަދަ އެކްޓަރުންނެވެ.

ޖަންގްލީ ޕިކްޗާސް އިން ޕްރޮޑިއުސްކޮށް، އަލަށް ޑައިރެކްޝަނަށް ނުކުތް އަނުބުތީ ކަޝިޔަޕް ޑައިރެކްޓްކޮށްފައިވާ އެ ފިލްމަކީ ކޮމެޑީ ކެމްޕަސް ޑްރާމާ އެކެވެ.

"ޑޮކްޓަރ ޖީ" އަކީ ޖަންގްލީ ޕިކްޗާރސް ގެ ކުޑައިގެ ދަށުން އަޔުޝްމާން ފެނިގެންދާނެ ތިން ވަނަ ފިލްމުކަން ފާހަގަކޮށްލެވެއެވެ.

މީގެ ކުރިން އެ ކުންފުނިން ހެދި ދެ ފިލްމު ކަމުގައިވާ "ބަރޭލީ ކީ ބަރްފީ" އާއި 2018 ގެ ”ބަދާއީ ހޯ“ އެވެ.

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް