ads
މޯލްޑިވިއަން--
މޯލްޑިވިއަންގެ ނޯ-ޝޯ ފީގެ ގޮތުގައި 80ރުފިޔާ އާއި 200ރުފިޔާއާ ދެމެދުގެ އަދަދެއް ނަގަނީ
ޓިކެޓް ނެގުމަށް ފަހު ފުރަން ނުގޮސްފިނަމަ ނުވަތަ ޓިކެޓް އެހެން ފްލައިޓަކަށް ބަދަލުކުރާ ނަމަ އިތުރު ފީއެއް ނަގަން ޤައުމީ އެއަރލައިން، މޯލްޑިވިއަންއިން ނިންމައި އަދަދު ހާމަކޮށްފިއެވެ.

މޯލްޑިވިއަންގެ ޕަބްލިކް ރިލޭޝަންސް ކޮމިއުނިކޭޝަން މެނޭޖަރ މޫސާ ވަސީމް ސީއެންއެމްއަށް ވިދާޅުވީ، ނޯ ޝޯ ފީއެއްގެ ގޮތުގައި، މޯލްޑިވިއަންއިން 80 ރުފިއާއާއި 200 ރުފިޔާއާ ދެމެދުގެ ފީއެއް ނެގުމަށް ވަނީ ނިންމައިފައި ކަމަށާއި އަދި ފްލައިޓް ގަޑި އެހެން ފްލައިޓަކަށް ބަދަލުކުރާ ނަމަ ރީއިޝޫ ފީއެއް ވެސް ނެގުމަށް ނިންމާފައިވާ ކަމަށެވެ. 

"މިހާރު މިއޮންނަ ގޮތުން ވަރަށް ގިނަ ބަޔަކު ޓިކެޓް ނަގައިފަ ޝޯ އަޕް ނުވޭ ފްލައިޓަށް. އަދި އެކަން މިއެގެނީ ފުލައިޓު ފުރުމަށް ތައްޔާރުވާ ވަގުތު. ދެން އެވަގުތު ކިހިނެއްތޯ އެހެން މީހަކަށް ޓިކެޓް އިޝޫ ކުރާނީ. އެންމެ ޕީކް ދުވަސްކޮޅު ވީމަ ވީހާވެސް ގިނަ ބަޔަކަށް ފުރުސަތު ދޭން ވެގެން، ނޯ ޝޯ މަދުކުރަން ވެގެން ގެނައި ބަދަލެއް މިއީ" މޫސަ ވިދާޅުވިއެވެ.

މޫސަ އިތުރަށް ވިދާޅުވީ މިދިޔަ ހަތް މަސް ދުވަހަށް ބަލާއިރު، ޖުމްލަ 16،500 މީހުން ޓިކެޓް ނެގުމަށް ފަހު ފްލައިޓް ގަޑިއަށް ނާންނަ ކަމަށާއި މިގޮތަށް ކަންތައް ވުމުން ފުރަން ބޭނުންވެފައި ތިބޭ މީހުންނަށް އެ ފުރުސަތު ހަނިވާ ކަމަށާއި ޓިކެޓް ނުލިބޭ ވާހަކަ ދައްކާކަމަށެވެ.  އަދި މަހެއްގެ މައްޗަށް އެވްރެޖްކޮށް މި ނަންބަރު އުޅެނީ 2،300ގައި ކަމަށާއި ނޯ ޝޯ ފީއެއް ނެގުމުން މިއަދު މަދުވާނެ ކަމަށް ބެލެވޭ ކަމަށެވެ. 

އޭނާ ވިދާޅުވީ މިއީ ހަމައެކަނި މޯލްޑިވިއަން އިން ކުރާ ކަމެއް ނޫންކަމަށާއި ހުރިހާ އެއާލައިން ތަކުގައިވެސް ނޯ ޝޯ ފީ ނަގަމުން ދާކަމަށެވެ. 

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
33%
ސަތޭކައަކުން ސުމެއް
67%
ވަރަށް ސަލާމް
ކޮމެންޓްސް