ads
ގާޒީ ހަސަން ސައީދު -- ފޮޓޯ / މިހާރު
ގާޒީ ހަސަން ސައީދުގެ އިތުރު މައްސަލައެއް ބަލަނީ
ކްރިމިނިލް ކޯޓުގެ ގާޒީ ހަސަން ސައީދުގެ އިތުރު މައްސަލައެއް ޖުޑީޝަލް ސާވިސް ކޮމިޝަން (ޖޭއެސްސީ) އިން ބަލަން ފަށައިފި އެވެ.
Advertisement

ޖޭއެސްސީން ބުނީ ބަލަން ނިންމާފައިވަނީ ކްރިމިނަލް ކޯޓުގައި ބޭއްވުނު ބަންދު މުރާޖައާކުރުމުގެ އަޑުއެހުމެއްގައި ގާޒީ ހަސަން ސައީދު އަމަލުކުރައްވާފައިވަނީ، ޖިނާއީ އިޖުރާއަތުގެ ޤާނޫނު އާއި ޝަރީއަތްކުރުމާއިބެހޭ ޖިނާއީ އިޖުރާއަތުގެ ގަވާއިދުގައިވާ އުސޫލުތަކާ ކަނޑައެޅިގެން ހިލާފަށްކަމަށް ބުނާ މައްސަލައެއް ކަމަށެވެ.

އެކަން ތަހްގީގްކުރުމަށް ކޮމިޝަނުގެ "މައްސަލަ ބެލުމާމެދު ގޮތެއް ނިންމާ ކޮމިޓީ" އިން ނިންމާފައިވާތީ މިއަދު ބޭއްވި އެ ކޮމިޝަނުގެ ޖަލްސާގައި އެ މައްސަލަ ތަހްގީގުކުރުމަށް ތަހްގީގު ކޮމިޓީ އެ ވަނީ ކުލަވާލާފައެވެ. 

ހުޅުމާލޭގައި ފްލެޓް އަޅައިދޭން ބުނެ ގިނަ ބައެއްގެ އަތުން މަކަރާ ހީލަތުން ފައިސާ އަތުލި މައްސަލާގައި ސީލައިފްގެ މެނޭޖިން ޑިރެކްޓަރު އަހުމަދު މޫސާ މުހައްމަދު (އަންމަޓީ) ބަންދުގައި ބަހައްޓައިގެން ޝަރީއަތް ކުރަމުންދަނިކޮށް މިފަހުން އަނެއްކާ ވަނީ ކަފާލާތުގެ ދަށުން ދޫކޮށްލާފައެވެ. އޭނާ ދޫކޮށްލާފައިވަނީ ގާޒީ ހަސަން ސައީދެއެވެ. 

އައްމަޓީގެ މައްޗަށް ދައުވާތައް ކޮށްފައިވަނިކޮށް އޭނާ ބަންދުން މީގެ ކުރިންވެސް ގާޒީ ހަސަން ސައީދު ދޫކޮށްލިއެެވެ. ދޫކޮށްލުމާއިއެކު އޭނާ ފިލީއެވެ. އައްމަޓީ ފިލައިގެން އުޅޭތީ، އޭނާ ހޯދަން 2019 ވަނަ އަހަރުގެ އޭޕްރީލް މަހުގެ ތެރޭގައި އިންޓަޕޯލް ރެޑް ނޯޓިސް ނެރެފައި ވަނިކޮށް، އޭނާ ހައްޔަރު ކުރި ކަމަށް އިންޓަޕޯލުން ފުލުހުންނަށް އެންގީ މިދިޔަ ފެބްރުއަރީ މަހުގެ ތެރޭގަ އެވެ. އޭނާ ހައްޔަރުކުރީ ލަންކާގައި ފިލައިގެން އުޅެނިކޮށެވެ.

އަނެއްކާވެސް އޭނާ ދޫކޮށްލިއިރު އައްމަޓީގެ މައްޗަށް ހިޔާނާތުގެ 42 ދައުވާއެއްކޮށް، އޭނާ ބަންދުގައި ބަހައްޓާފައިހުރީ ހެއްކަށް ނުފޫޒު ފޯރުވާނެކަމަށާއި، މުޖުތަމައަށް ނުރައްކާވާ ކަމަށް ބުނެއެވެ.   

ހަސަން ސައީދު ވަނީ ޖިންސީ ކުށުގެ އެތައް ދައުވާތަކެއް ކޮށްފައިވާ ޓޫރިޒަމް މިނިސްޓަރު އަލީ ވަހީދުގެ ޕާސްޕޯޓު ހިފަހައްޓާފައި ވަނިކޮށް ގާނޫނާއި ހިލާފަށް ރާއްޖޭން ބޭރަށް ދާން ހުއްދަދީފައެވެ. އަލީ ވަގުތުން ހަމަ އެދުވަހު ފުރާ ވަޑައިގެންއިރު މިހާތަނަށް އޭނާ ގެނެވޭނެ ގޮތެއް ޕީޖީއަށްވެސް އަދި ފުލުހުންނަށްވެސް ނުވެއެވެ. އެމައްސަލާގައިވެސް ގާޒީ ހަސަން ސައީދުގެ ސުލޫކީ މައްސަލައެއް ޖޭއެސްސީން ދަނީ ބަލަމުންނެވެ.

100%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް