ރާއްޖޭގެ އިދާރީ ދާއިރާތައް ލާމަރުކަޒީ އުސޫލުން ހިންގުމުގެ ގާނޫނުގެ ދަށުން އުފައްދާފައިވާ ލޯކަލް ކައުންސިލްތަކަށް އަންޔަންކުރާ ސެކްރެޓަރީ ޖެނެރަލުންނަކީ ކައުންސިލް އިދާރާގެ އިދާރީ އެންމެ އިސް ފަރާތެވެ. އޭނާގެ ޒިންމާއަކީ ކައުންސިލްގެ ލަފާގެ މަތިން، ކައުންސިލްގެ އިދާރާގެ އިދާރީ އެންމެހާ ކަމެއް ހިންގައި ބެލެހެއްޓުމެވެ.
މި މަގާމުތަކަށް ކުރިމަތިލުމަށް ހުޅުވާލީ މިދިޔަ ޖޫން މަހުގެ 20 ވަނަ ދުވަހުއެވެ. އެ މަގާމުތަކަށް 511 ފަރާތަކުން ވަނީ ކުރިމަތިލައިފައެވެ.
މީގެތެރެއިން 34 މީހަކު އެމަގާމަށް އައްޔަންކޮށްފައިވާއިރު، ސެކްރެޓަރީ ޖެނެރަލުން އައްޔަނުކޮށްފައި ވަނީ އެއް ސިޓީ ކައުންސިލަށާއި، ހަތަރު އަތޮޅު ކައުންސިލަށް އަދި 29 ރަށު ކައުންސިލަށެވެ.
މިމަގާމުތަކަށް އައްޔަނުކޮށްފައިވާ ފަރާތްތަކަށް އޮރިއެންޓޭޝަން ޕްރޮގްރާމެއް މިމަހުގެ ތެރޭގައި ބާއްވާނެއެވެ.