ads
ގއ.ކަނޑުހުޅުދޫ ސީލިން އިން ބޯޑަރު ވެނައްޓައިގެން ދިޔަ ތަން: މީހަކުވަނީ ހޭނެތިފައި
ކަނޑުހުޅުދޫ ސިއްހީމަރުކަޒުގެ ސީލިންގެ ބައެއްވެއްޓި މީހެއް ހޭނެތިއްޖެ
ގއ.ކަނޑުހުޅުދޫ ސިއްހީ މަރުކަޒުގެ ސީލިންގުގެ ބޯޑަރެއް ވެއްޓި މީހެއްގެ ކަނދުރާގައި ޖެހި ހޭނެތިއްޖެ އެވެ.

އަނިޔާ ލިބިފައިވަނީ ގއ. ކަނޑުހުޅުދޫ ބީޗްހައުސް ލަތީފާ އަބްދުލް ކަރީމް(55އ) އެވެ.

ކަނޑުހުޅުދޫން ވާހަކަދެއްކި މީހަކު ސީއެންއެމް އަށް ބުނީ މިއަދު 11:30 ހާއިރު ހިނގި އެހާދިސާގައި ސީލިން ނެއްޓުނީ އެމީހާގެ ކަނދުރާ މައްޗަށް ކަމަށާއި އަދި އެވަގުތު އޭނާ ހޭނެތުނު ކަމަށެވެ. 

އެ ވަގުތު ސިއްހީ މަރުކަޒުން ފަރުވާ ދެއްވުމަށްފަހު މިހާރު އޭނާ ވަނީ ތިނަދޫ ގައި ހުންނަ އަބްދުއްސަމަދު މެމޯރިއަލް ހޮސްޕިޓަލަށް ގެންދިއުމުގެ ދަތުރު މަތީގައެވެ. 

ދަތުރު މަތީގައި ހުރެގެން އޭނާގެ ކޮއްކޮއެއްކަމަށްވާ ޖަލީލު ބުނީ ދައްތަގޮވައިގެން މިހާރު މިދަނީ ތިނަދޫއަށް ކަމަށާއި، ހާލު ހުރި ގޮތެއް އެނގޭނީ ތިނަދޫއަށް ދެވުމުން ކަމަށެވެ. 

މިކަމާގުޅިގެން ގުޅުމުން، ކަނޑުހުޅުދޫ ސިއްހީ މަރުކަޒުގެ މެނޭޖަރު ފޯނެއް ނުނަންގަވައެވެ. 

މިއަދު ކަންޑުހުޅުދޫގައި މިހާދިސާ ހިނގާފައިވާއިރު، މިމަހުގެ 28 ވަނަދުވަހު ނ މާފަރު ހެލްތް ސެންޓަރުގެ ފުރާޅު ބާވެ ސީލިން ވަނީ ވެއްޓިފައެވެ. 

މާފަރު ހެލްތް ސެންޓަރުގެ ހާލަތު ގޯސްވެ، ބައެއް އޮންލައިން ނޫސްތަކާއި، ޝޯޝަލް މީޑިޔާގައި ފޮޓާތަކާއި ވީޑިޔޯތައް ދައުރުވާން ފެށުމުން، މާފަރު ހެލްތް ސެންޓަރުގެ ފުރާޅުގައި ޓިނުގަނޑެއް އަޅާލައިގެން، އެކަން ހައްލުކޮށްލުމަށް، ނ.އަތޮޅު ހޮސްޕިޓަލުން ލަފާ ދީފައިވާ ކަމަށް، މާފަރު ހެލްތް ސެންޓަރުން ބުނެއެވެ.  

މާފަރު ހެލްތް ސެންޓަރުގެ ހާލަތާއި ގުޅޭގޮތުން، "ސީއެންއެމް" އަށް މައުލޫމާތު ދެއްވަމުން، މެނޭޖަރ ސައިފުﷲ އަޙުމަދު މިއަދު ވިދާޅުވީ، މާފަރު ހެލްތް ސެންޓަރާއި މެދު އަތޮޅު ހޮސްޕިޓަލުންވެސް ވަރަށް ބޮޑަށް އިހުމާލުވެފައިވާ ކަމަށާއި، މިކަމުގެ ޒިންމާ ކަމާއި ގުޅުންހުރި ހުރިހާ ފަރާތްތަކުންވެސް ނަގަންޖެހޭ ކަމަށެވެ. 

މާފަރު ހެލްތު ސެންޓަރުގެ ޙާލަތު މިހާ ދަށް ހާލަތަކަށް ގޮސްފައިވާއިރު، ބަލިމީހުން ބަލާ ކޮޓަރީގެ ހާލަތު ގޯސްވެގެން، ޑޮކްޓަރަށް އެ ތަނުގައި އިންނަން ނުކެރޭ ކަމަށާއި، ބަލިމީހުން ބެލުމުގެ ކަންކަން މިހާރު ކުރިއަށް ގެންދަނީ އޮފީސް ތެރޭގައި ކަމަށެވެ. 

ފުރާޅުގެ ޓިނުތައް ބިންދައިގެން ގޮސް، މޫސުން ގޯސް ދުވަސްތަކުގައި ސީލިންގުން ފެން ފައިބާ އިރު ސައިފުﷲ ވިދާޅުވި ގޮތުގައި އެއީ ބަލި މީހުން ބެލުމަށް އެއްގޮތަކަށް ވެސް ކަމުދާ ތަނެއް ނޫން ކަމަށެވެ. އެހެންވެ، ބައެއް ބަލި މީހުން އެ ތަނަށް ވަންނަން ބިރު ގަނެ، ޑޮކްޓަރަށް ދައްކަން ދެކޮޅު ހަދާ ކަމަށް އޭނާ ވިދާޅުވި އެވެ.

މެނޭޖަރ ސައިފުﷲ އިތުރަށް ވިދާޅުވީ އެ ތަނުގެ އޮފީހުން ލިބެނީ އެންމެ ތިން ކެބިންގެ ޖާގަ ކަމަށް ވާއިރު، އެ ތަނުގައި އޭނާއާ އެކު ދެން ތިއްބަވަނީ ސިއްހީ މަރުކަޒުގެ ޒިންމާދާރުވެރިޔާ އާއި އެޑްމިނިސްޓްރޭޓިވް އޮފިސަރު ކަމަށެވެ. އެކަމަކު، ކުރިން ބަލި މީހުން ބަލަމުން އައި ތަނަށް އެޑްމިނިސްޓްރޭޓިވް އޮފިސަރު ބަދަލުކޮށް، އޮފީސް ބައި ވަނީ ކޮންސަލްޓޭޝަން ރޫމަކަށް ބަދަލުކޮށްފަ އެވެ.

ސޮނެވާ ގްރޫޕްގެ ދަށުން ހިންގަމުން އަންނަ ސޮނެވާ ޖާނީގެ އެހީގައި މާފަރު ހެލްތް ސެންޓަރު މަރާމާތުކުރުމުގެ މަސައްކަތް މިހާރު އަންނަނީ ކުރަމުންނެވެ. އެމަސައްކަތް ނިމެންދެން މަރުކަޒުގެ މަސައްކަތްތަކާއި، ބަލި މީހުން ބެލުން އެރަށު ބާ ޕްރީސްކޫލަށް ބަދަލުކޮށްފި އެވެ 

0%
ކަމުގޮސްފި
100%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް