ads
މައިކަލް ޖެކްސަން--
މައިކަލް ޖެކްސަންގެ ކުންފުނިތަކާ ދެކޮޅަށް ދައުވާ އުފުލޭނެ ކަމަށް ނިންމައިފި
ޕޮޕް މިއުޒިކްގެ ރަސްގެފާނު، މައިކަލް ޖެކްސަންގެ ދެ ކުންފުންޏަކާ ދެކޮޅަށް ދައުވާ އުފުލޭނެ ކަމަށް ކޯޓަކުން ކަނޑައަޅައިފި އެވެ.
ޕޮޕް މިއުޒިކްގެ ރަސްގެފާނު، މައިކަލް ޖެކްސަންގެ ދެ ކުންފުންޏަކާ ދެކޮޅަށް ދައުވާ އުފުލޭނެ ކަމަށް ކޯޓަކުން ކަނޑައަޅައިފި އެވެ.

މިދިޔަ އަހަރު ނެރުނު ޑޮކިޔުމެންޓަރީއެއްގައި ބަޔަކު ވަނީ މައިކަލް ޖެކްސަންއާ ދެކޮޅަށް ޖިންސީ އަނިޔާގެ ތުހުމަތުކޮށްފަ އެވެ. ކޯޓުން ނިންމާފައި ވަނީ އެ މީހުންނަށް އެ މައްސަލަ ކޯޓަށް ހުށަހެޅޭނެ ކަމަށެވެ.

"ލީވިންގް ނެވަލޭންޑް" ޑޮކިޔުމެންޓަރީން ފެނުނު ވޭޑް ރޮބްސަން އާއި ޖޭމްސް ސޭފްޗަކް ބުނީ މައިކަލްޖެކްސަންގެ ނެވަލޭންޑް ގޭގައި ތިބިއިރު، އޭނާ އެ މީހުންނަށް ޖިންސީ ގޯނާ ކުރި ކަމަށެވެ.

އަށްޑިހައިގެ ފަހުކޮޅު އަދި ނުވަދިހައިގެ ކުރީކޮޅު އެކަން ހިނގިއިރު، އެ ދެ މީހުންނަކީ ކުޑަކުދިންނެވެ. މައިކަލް ޖެކްސަން 2009 ވަނަ އަހަރު މަރުވެފައި ވާއިރު، އެ ދެ މީހުންގެ ތުހުމަތު ޖެކްސަން އާއިލާއިން ދޮގުކުރެ އެވެ.

ޖެކްސަން އާއިލާއިން ބުނީ އެ ޑޮކިޔުމެންޓަރީއަކީ މައިކަލްގެ އަގު ވައްޓާލުމަށް ނެރުނު ފިލްމެއް ކަމަށެވެ. ކެލިފޯނިއާގެ ކޯޓަކުން 2014 ވަނަ އަހަރު ނިންމީ އެ ތުހުމަތުތައް ނުބެލޭނެ ކަމަށެވެ.

އެއީ ކުޑައިރު ކުރާ ޖިންސީ ގޯނާގެ މައްސަލަތައް އުމުރުން 26 އަހަރުވުމުގެ ކުރިން ކޯޓަށް ހުށަހަޅަން ޖެހޭނެ ކަމަށް ބުނާ މާއްދާއެއްގެ ސަބަބުންނެވެ.

އެކަމަކު މި އަހަރުގެ ޖެނުއަރީ އެއްވަނަ ދުވަހު އަމަލު ކުރަން ފެށި އާ ގާނޫނެއްގައި ބުނެފައި ވަނީ އުމުރުން 40 އަހަރު ވަންދެން އެފަދަ މައްސަލަތައް ހުށަހެޅޭނެ ކަމަށެވެ.
0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް