ads
ކޮވިޑް---
ކޮވިޑް19:އައްޑޫއިން މީހަކު މަރުވެއްޖެ
އައްޑޫ ކޮވިޑް ފެސިލިޓީގައި ކޮވިޑް19 އަށް ފަރުވާ ދެމުން ދިޔަ އުމުރުން ދުވަސްވީ މީހަކު މަރުވެއްޖެ އެވެ.

ކޮވިޑް ފެސިލިޓީގައި ފަރުވާދެމުންދިޔަ 87 އަހަރުގެ ދިވެހި އަންހެންމީހާ މަރުވެފައިވަނީ މިއަދު ހެނދުނު 11:46 ހާއިރު އެވެ. 

އައްޑޫއިން މިމަރާއެކު މިހާތަނަށް ވަނީ ދިހަ މީހަކު މަރުވެފައެވެ. މުޅި ރާއްޖެއިން މިހާތަނަށް 145 މީހުން މިބަލީގައިވަނީ މަރުވެފައެވެ.

މިބައްޔާ ގުޅިގެން އައްޑޫ މޮނިޓަރިންގައި އޮންނަތާ މިހާރު މަހަކަށްވުރެ ގިނަ ދުވަސް ވަނީ ވެފައެވެ. 

ހެލްތު އިމަޖެންސޯ އޮޕަރޭޝަން ސެންޓަރުން ބުނާ ގޮތުގައި މިހާރުވެސް ރާއްޖޭގެ 23 ރަށެއް މޮނިޓަރިންގެ ހާލަތުގައި އެބައޮތެވެ. 

ހެލްތް ޕްރޮޓެކްޝަން އޭޖެންސީ (އެޗްޕީއޭ)ގެ އެންމެ ފަހުގެ ތަފާސް ހިސާބުތަކުން ދައްކާ ގޮތުގައި  ރާއްޖެއިން މިހާތަނަށް ޖްމްލަ 88،058 މީހަކު ވަނީ މި ބައްޔަށް ޕޮޒިޓިވް ވެފައިވާއިރު، މިވަގުތަށް އެކްޓިވް ކޭސްތައް އުޅެނީ 1،860 ގައެވެ. އަދި ހޮސްޕިޓަލުގައި އެޑްމިޓް ކޮށްގެން ފަރުވާދެމުން އަންނަ އަދަދު އުޅެނީ 30 ގައެވެ. އަދި މިހާތަނަށް މި ބަލީގައި މަރުވެފައިވަނީ 245 މީހުނެވެ.

100%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް