ads
close
ރައްޔިތުންގެ ސީދާ ބާރުވެރިކަމަށް
ދައުލަތުގެ އޮނިގަނޑު ފުރޮޅާލުން
edheyraajje.mv #beynenmabeynun #edheyraajje
މަޖިލިސް ރައީސް އަދި ކުރީގެ ރައީސް މުހައްމަދު ނަޝީދު
ރައްކާތެރި ނުވިޔަސް ދިރިއުޅެން ބޭނުމީ ރާއްޖޭގައި: ނަޝީދު
ރައްކާތެރި ނުވި ނަމަވެސް ދިރިއުޅެން ބޭނުންފުޅުވަނީ ދިވެހި ރާއްޖޭގައި ކަމަށް ކުރީގެ ރައީސް އަދި މިހާރުގެ ރައްޔިތުން މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދު ވިދާޅުވެއްޖެ އެވެ.
Advertisement

އެމަނިކުފާނު މިހެން ވިދާޅުވީ "ޑިމަކްރޮސީ ނައު" ޝޯގައި ވާހަކަފުޅު ދައްކަވަމުންނެވެ.

ގައުމަށް ވަޑައިނުގަންނަވަން އެއްވެސް ވަރަކަށް ވިސްނައިފައިވޭތޯ ސުވާލު ކުރުމުން ވިދާޅުވީ، އެމަނިކުފާނަށް ރާއްޖެ އެހާ ރައްކާތެރި ނޫން ކަމަށާއި އެހެން ނަމަވެސް ރާއްޖެ ވަޑައިގަންނަވާނެ ކަމަށެވެ. އަދި ރާއްޖޭގައި އެމަނިކުފާނު އާދާކުރައްވަން ޒިންމާތަކެއް އެބަ ހުރި ކަަމަށާއި، ހަޔާތުގައި މަގްސަދެއް އެބަ އޮތް ކަން ޝޯގެ ތެރެއިން ނަޝީދު ފާހަގަ ކުރެއްވިއެވެ.

ގައުމުދެކެ ވަރަށް ލޯބިވާ ކަމަށާއި ރާއްޖެ ނޫން އިތުރު ތަނެއްގައި އެމަނިކުފާނު ދިރިނޫޅުއްވާނެ ކަމަށް ނަޝީދު ވިދާޅުވިއެވެ.

"މަހަކަށް ފެނާއި ނުލާ ދިރި ނޫޅެވޭނެ. އަދި އަޅުގަނޑަށް އެނގޭ އެއީ ވަރަށް އުނދަގޫ ކަމެއްކަން، އަދި އަޅުގަނޑަށް އެނގޭ އެއީ ވަރަށް ނުރައްކާތެރި ކަމެއްކަންވެސް"، ނަޝީދު ވިދާޅުވިއެވެ.

ނަޝީދު އަވަހާރަކޮށްލުމަށް އެމަނިކުފާނުގެ ހަށިކޮޅަށް ދިން އަނިޔާއަށް  ފަރުވާ ހޯދެއްވުމަށް އެމަނިކުފާނު އިނގިރޭސިވިލާތުގައި ހުންނެވުމަށްފަހު އެނބުރި ގައުމަށް ވަޑައިގަތީ ނިމިދިޔަ މަހުގެ 11 ވަނަ ދުވަހުއެވެ.

އެ ޝޯގައި ވާހަކަފުޅު ދައްކަވަމުން ނަޝީދު އިތުރަށް ވިދާޅުވީ، މަނިކުފާނުގެ ހާލުކޮޅު ރަނގަޅުވާން ފަސް މަސް ނެގި ކަމަށާއި، މިހާރު އެމަނިކުފާނުގެ ހާލުކޮޅު ރަނގަޅު ކަމަށެވެ. އަދި މިވަގުތު އެއްވެސް ބޭހެއް ބޭނުން ކުރައްވަމުން ނުދާ ކަމަށް ވިދާޅުވިއެވެ. 

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް