އައްޑޫ ހިތަދޫ އަށް ނިސްބަތްވާ ނަސީރު އަވަހާރަވީ އުމުރުން 73 އަހަރުގައި މިއަދު ފަތިހުގެ ވަގުތެއްގައެވެ.
ރައީސް ނަޝީދު ކުރެއްވި ޓްވީޓެއްގައި އެމަނިކުފާނު ވިދާޅުވީ، ހިތަދޫ ފިނިފެންމާގޭ މުހައްމަދު ނަސީރަކީ ވިސްނުންތޫނު، އިސްލާހީ ފިކުރުގެ މުފައްކިރެއް ކަމަށެވެ. އެ ޓްވީޓްގައި ނަޝީދު ވަނީ މަރުހޫމްގެ ފުރާނައަށް ހެޔޮ ރަހުމަތްލެއްވުމަށް އެދި ދުއާ ދަންނަވާ އާއިލާއަށް ކެތްތެރިކަން ދެއްވުމަށް އެދިފައެވެ.
ނަސީރު އަވަހަރާވިއިރު އަނބިކަނބަލުންނާއި ހަތަރު ބޭފުޅުން ދުނިޔޭގައި އެބަތިއްބެވި އެވެ. އައްޑޫ ގަން އިންޓަނޭޝަނަލް އެއާޕޯޓުގެ މެނޭޖިން ޑިރެކްޓަރު ގައިސް ނަސީރަކީ ވެސް ނަސީރުގެ ބޭފުޅެކެވެ.
ނަސީރުގެ ވަކިވެ ދިޔުމާއި އެކު އޭވިއޭޝަން ދާއިރާގެ މީހުންނާއި ގިނަ ދިވެހިން އަންނަނީ ސޯޝަލް މީޑިއާގައިވެސް ނަސީރުގެ ހަނދާން އާކޮށް ތައުޒިިޔާ ކިޔަމުންނެވެ.