ads
އާދަމް ޝަރީފް
ސަރުކާރާއި ސީއެސްސީ އަށް އާދަމް ޝަރީފްގެ ފާޑުކިޔުން!
ސިޔާސީ ކަމެއްގައި ބައިވެރިވެއްޖެ ނަމަ ވަޒީފާ ގެއްލޭ ގޮތަށް ގަވައިދަށް ބަދަލު ގެނައުން އެއީ ޑިމޮކްރޮސީއަށް ބީރައްޓެހި ނާތަހުޒީބު އަމަލެއް ކަމަށް ވިދާޅުވެ ޕީއެންސީގެ ޕީޖީ ލީޑަރު އަދި މަޑުއްވަރީ ދާއިރާގެ މެމްބަރު އާދަމް ޝަރީފް ފާޑުވިދާޅުވެއްޖެ އެވެ.

އާދަމް ޝަރީފް ކުރެއްވި ޓްވީޓޭއްގައި ވިދާޅުވެފައިވަނީ ސިވިލް ސާވިސް ގަވައިދު 2014 އަލުން އިސްލާހު ކުރުމަށް ގޮވާލާ ކަމަށެވެ.

ސަރުކާރުގެ މިސްރާބު ހުރީ ސިވިސް ސާވެންޓުންނަށް ބިރު ދައްކައި ސިވިލް ރައިޓްސް އިން މަހުރޫމް ކުރުމަށް ކަމަށް އާދަމް ޝަރީފްގެ ޓްވީޓްގައި ވިދާޅުވެފައިވެއެވެ.

މީގެ އިތުރުން އާދަމް ޝަރީފް ކުރެއްވި އެހެން ޓްވީޓެއްގައި ވެސް ސަރުކާރަށާއި ސިވިލް ސާވިސް ކޮމިޝަނަށް ފާޑު ވިދާޅުވަމުން ލިޔުއްވާފައިވަނީ މި ސަރުކާރުން ގަވާއިދު އާންމު ކުރި އިރު އިސްލާހުނުކޮށް އާންމު ނުކުރެވުނީ ކީއްވެތޯ ސުވާލު އުފައްދާ, "އެހެން މީހުންގެ ބޮލަށް ކަނޑަށް" އުޅުމުން ފާހަގަ ވެގެންދަނީ ނާގާބިލުކަން ކަމަށެވެ.

އޭގެ އިތުރުން ސީއެސްސީ އަކީ އެފަދަ ތަނަކަށް ވުމުން ސިވިލް ސާވަންޓުންގެ ހައްގުތައް ރައްކާތެރި ނުކުރެވޭނެ ކަމަށް ވެސް އޭނާގެ ޓްވީޓްގައި ވިދާޅުވެފައި ވެއެވެ.

މުވައްޒަފުންގެ ހައްގުތައް ގެއްލުމުގައި ސީއެސްސީގެ އިހުމާލު ވަރަށް ބޮޑު ކަމަށް އާދަމް ޝަރީފް ވަނީ ވިދާޅުވެފައެވެ.

މަސައްކަތުގެ ރަސްމީ ގަޑީގައި ނުވަތަ ރަސްމީ ގަޑީގެ ބޭރުން ވެސް، ރަސްމީ މަސައްކަތުގައި އުޅޭ އެއްވެސް ވަގުތެއްގައި، އެއްވެސް ސިޔާސީ ހަރަކާތެއްގައި ބައިވެރިވެއްޖެ ނަމަ އިތުރު އިންޒާރަކާނުލައި ވަގުތުން ވަޒީފާއިން ވަކިކުރެވޭ ގޮތަށް ސިވިލް ސާވިސް ގަވައިދު 2014 އަށް އިސްލާހު ގެނެސްފައިވާއިރު މި އިސްލާހުތަކަށް އަމަލުކުރަން ފަށާނީ ގަވައިދު ގެޒެޓް ކުރާތާ 60 ދުވަސްވާ ދުވަހުން ފެށިގެން ކަމަށްވެސް ގަވައިދުގައިވެ އެވެ.

100%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް