ads
ކ.ގުރައިދޫ...
ގުރައިދޫގައި އެއް އަހަރުގެ ކުއްޖެއް ގެނބިގެން މަރުވެއްޖެ
ކ.ގުރައިދޫގައި އެއް އަހަރާއި ދިހަ މަހުގެ ކުޑަ އަންހެން ކުއްޖެއް ގެނބިގެން މަރުވެއްޖެއެވެ.

ސީއެންއެމް އަށް މައުލޫމާތު ދެއްވަމުން އެރަށު ކައުންސިލުން ބުނީ، އެ ކުއްޖާ ނިޔާވެފައި އޮތީ މޫދުގައި ކަމަށެވެ.

އެރަށު ސިއްހީ މަރުކަޒުން ބުނީ، އެ ކުއްޖާ އެ ސެންޓަރަށް ގެނެވުނީ، މިއަދު މެންދުރު ފަހު 1:30 ހާއިރު ކަމަށާއި ގެނައި އިރުވެސް މަރުވެފައިވާ ކަމަށެވެ.

ސީއެންއެމް އަށް މައުލޫމާތު ދެއްވަމުން އިތުރަށް ބުނީ، އެ ކުއްޖާ މަންމަ ގެއާ ދިމާ އަތިރި މަތީ ކާންދޭން ހުރުމަށް ފަހު ތަށި ގެއަށް ލާން ދިޔަ ކަމަށާއި ކުޑަ އިރުކޮޅެއް ފަހުން އައި އިރު ކުއްޖާ އެތާގައި ނެތް ކަމަށް މައުލޫމާތު ލިބުނު ކަމަށެވެ.

އަދި އެކުއްޖާ ހޯދަން އެދިމާ ވޯޓާ ސްޕޯޓްސްގެ ޖެޓްސްކީއެއްގައި ނުކުމެ ހޯދަނިކޮށް ފެނުނީ ކަނޑޫމާ ރިސޯޓާއި ދިމާލުގައި އޮންނަ ފުން ގަނޑަކާއި ދިމާލުން ކަމަށް ވެސް ސިއްހީ މަރުކަޒަށް އެނގިފައިވާ ކަމަށް ބުނެފައިވެއެވެ.

މިފަދަ ހިތާމަވެރި ހާދިސާތައް ހިނގުން ފަހަކަށް އައިސް ގިނަވެފައިވާ އިރު ދާދި ފަހުން ރާއްޖޭގެ ރަށެއްގައި ވަނީ ކުޑަ ކުއްޖެއް މަސް ފެންގަނޑަކަށް ވެއްޓި މަރުވެފައެވެ.

8%
ކަމުގޮސްފި
17%
އަޑުއެހިތާ މިހުރީ
67%
ސަތޭކައަކުން ސުމެއް
8%
ވަރަށް ސަލާމް
ކޮމެންޓްސް